ނ. ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓުވަން ސިވިލް ކޯޓުން އަމުރުކުރުމާއި ގުޅިގެން އެ މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ނ. ތޮޅެންދުއަކީ 1990 ވަނަ އަހަރާ ހަމައަށް މީހުން ދިރިއުޅުނު ރަށެކެވެ.
ސަރުކާރުން ވަނީ މިހާރު ފަޅު ރަށެއްގެ ގޮތުގައި އޮތް ތޮޅެންދޫ ދަނޑުވެރިކަމަށް 21 އަހަރަށް ކުއްޔަށް ދޭން ނިންމާފައެވެ. ނަމަވެސް ސަރުކާރުން އެގޮތަށް ނިންމުމުން ފަޅުރަށެއްގެ ގޮތުގައި އޮތް ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސައިލަން ސިވިލް ކޯޓުން އަމުރުކުރީ ނ. އަތޮޅު ކައުންސިލުން މައްސަލަ ހުށަހެޅުމުންނެވެ.
ނ. އަތޮޅު ކައުންސިލުން މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ އެ މައްސަލަ ނިމެންދެން، ރަށް ކުއްޔަށް ދިނުން މަޑުޖައްސައިލަން އަމުރު ނެރެފައެވެ. އަދި އެ އަމުރަށް ހައި ކޯޓުން މި މަހުގެ ކުރީކޮޅު ވަނީ ތާއީދުކޮށްފައެވެ.
ހައިކޯޓުން ސިވިލް ކޯޓުގެ ނިންމެވުމަށް ތާއީދުކުރުމުން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމްކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަވައެވެ.
ނ.އަތޮޅު ކައުންސިލުން ވަނީ ތޮޅެންދޫ އެހެން ބަޔަކަށް ކުއްޔަށް ދިނުމުން ނ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް އެ ރަށުގެ ބޭނުން ހިފުން މަނާވާތީ އެކަމާ ދެކޮޅަށް ގަރާރެއް ވެސް ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު