މާލެ، ވިލިމާލޭ، ތިލަފުށި އަދި ގުޅީފަޅު ގުޅުވައިދޭ ތިލަމާލެ ބްރިޖްގެ ފުރަތަމަ ތަނބުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފަށާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން ޕްލޭނިން މިނިސްޓްރީން ބުނީ، މިއީ ބްރިޖްގެ މައި ތަނބުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފަށާ ފުރަތަމަ ތަނބުކަމަށެވެ. އަދި ތަނބުގެ މަސައްކަތް ފަށާއިރު، އެއާ އެކުއެކީގައި ދެން ހިމެނޭ ސަރަޙައްދުތަކުގެ ފައިނަލް ޖިއޯ ޓެކްނިކަލް ސަރވޭގެ މަސައްކަތްތައްވެސް ކުރިއަށްދާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުންނެވެ. ބްރިޖް މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ސަޕްލައިކުރުމުގެ މަސައްކަތް ކުރަނީ އެސް.ޓީ.އޯއިންނެވެ. އަދި ކޮންކްރީޓް ޓެސްޓުކުރުމުގެ މަރުހަލާތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބްރިޖުގެ ފުރަތަމަ ބައިގައި ހިމެނޭ މާލެއިން ގުޅީފަޅާ ހަމައަށް ގުޅާލުމުގެ ހުރިހާ މަސައްކަތްތައް އަންނަ 2023 ވަނަ އަހަރުގެ ޑިސެމްބަރަށް ނިންމާނެއެވެ. އަދި މާލެއިން ވިލިމާލެއަށް ބްރިޖްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށް ވަނީ އެއްބަސްވުމުގައި ހިމަނާފައެވެ.
ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަޝްރޫޢުގައި ހިމެނެނީ ބްރިޖް އަދި ލިންކިން ރޯޑް ތަކެކެވެ. މުޅި މި މަޝްރޫޢުއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު