އަހުމަދު މަސްނޫމް   30 ޖުލައި 2022 - 18:6
އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒެއިނާ އާދަމްގެ ޓްވިޓަރ އެކައުންޓް ހެކްކޮށްފައިވާކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

ރޮޒައިނާގެ ޓްވީޓަރ އެކައުންޓް ހެކްކޮށްފައި މިވަނީ، ރައީސް ނަޝީދާއި އެކަމަނާއާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރޮޒައިނާ ވިދާޅުވީ އެކަމަނާގެ ޓްވިޓަރ އެކައުންޓް ކޮންމެވެސް ފަރާތަކުން ހެކްކޮށްފައިވާކަމަށާއި ރޭ ދަންވަރު 2:00 ގެ ފަހުން ޓްވިޓަރ އެކައުންޓަށް ނުވަދެވޭކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ޓްވިޓަރ އެކައުންޓް ހެކްކުރިނަމަވެސް މިހާތަނަށް އެކަމަނާ ކޮށްފައި ހުރި ޓްވީޓްތަކުގެ އިތުރުން، އިތުރު ޓްވީޓެއް ކޮށްފައިނުވާކަމަށެވެ.

"ރޭގެ 2:00 ޖެހުމާއި ހަމައަށް ކޮށްފައި އެހެރަ ހުރިހާ ޕޮސްޓްއަކީ އަޅުގަނޑު ކޮށްފަހުރި ޕޯސްޓް." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އެކައުންޓް ހެކްކުރިޔަސް ބުނަން ބޭނުންވާ އެއްޗެއް ނުބުނެ ނުހުންނަވާނެކަމަށެވެ. އަދި ބުނަންޖެހޭ އެއްޗެއް، ކުރަންޖެހޭ ކަމެއްވެސް ކުރައްވާނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު