ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދުގެ އަތްޕުޅުގައި ހުރިކަމަށް ބުނާ ފޮޓޯތައް ފުލުހުން ހޯދަން އެބަޖެހޭކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ސާލިހާއި ސަރުކާރަށް ތާއީދުކުރާ ބައެއް މަޖިލިސް މެމްބަރުންނާއި ގުޅުވައިގެން ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ރައީސް ސާލިހުގެ ބަދްއަހްލާގީ މަންޒަރުތަކެއް ފެންނަ ފޮޓޯތަކެއް އެބަހުރިކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރޮޒައިނާ ވަނީ ރައީސް ނަޝީދު އަތްޕުޅުގައި ހުރިކަމަށް ވިދާޅުވާ ފޮޓޯތައް އާއްމު ކުރެއްވުމަށް ގޮވާލައްވާފައެވެ. ނަމަވެސް އެކަންވެސް ރައީސް ނަޝީދަށް ނުކުރެއްވޭކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ވަކި މީހަކު ވެރިކަމާއި ހެދީ މޮޔަވެގެން އެހެން ބޭފުޅުންގެ ބޮލުގައި އިލްޒާމް އަޅުއްވަމުން ވަޑައިގަންނަވަނީ. އެ ބޭފުޅާ އެ ވިދާޅުވާ އެއްޗެއް ސާބިތުކޮށްދެއްވަންވީނު. އެއްވެސް އެއްޗެއް ދައްކާކަށް ނުކެރޭ." ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ފުލުހުންވެސް މަޖިލިސް ރައީސާ ބައްދަލުކޮށް މަޖިލިސް ރައިސް އަތުގައި ހުރި އެއްޗެއް ހޯދަން އެބަޖެހޭކަމަށެވެ.
"ޕާޓީއަކަށް ވެސް މެމްބަރުންނަށް ވެސް ހެޔޮ އެދިގެން ކުރާ ކަމެއް ނޫން. އަޅުގަނޑަށް ފެންނަނީ އަމިއްލައަށް ވެރިކަން ނުލިބިއްޖިއްޔާ ޕާޓީވެސް ފުނޑާލުމުގެ ވިސްނުމެއްގައި މަސައްކަތް ކުރައްވާ މަންޒަރު. މިއީ ރައީސް ނަޝީދުގެ އެކަނި ޕާޓީއެއް ނޫން. މިއީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ. އެތައް ބަޔަކު ގުރުބާނީތައް ވެގެން އުފައްދާފައި އޮތް ޕާޓީއެއް." ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދު މިހާރު ދައްކަވަމުން ދަނީ މުސްލިމް ގައުމެއްގެ މަޖިލިސް ރައީސަކު ދައްކަވަންޖެހޭފަދަ ވާހަކަތަކެއް ނޫންކަމަށެވެ. އަދި އެކަމާއި ގުޅިގެން ޕާޓީގެ ގައުމީ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު