ރ. ހުޅުދުއްފާރު ބަނދަރަށް ގާތްކުރަން އުޅުނު ކޮޅުވެއްޓިއަކުން ޖެހި ހިނގި ހާދިސާއެއްގައި އެ ރަށު ބަނދަރު ކައިރީގައި ހަދާފައިވާ ޕެޓްރޯލް ޝެޑެއް ފުނޑުފުނޑުވެއްޖެއެވެ.

މިއަދު ހެނދުނު 11:00 ހާއިރު، ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މި ހާދިސާގައި ކޮޅުވެއްޓީގެ ރޭމްޕުން ޖެހި ފުނޑުފުނޑު ވެފައި ވަނީ ބަނދަރު ކައިރީގައި ހަދާފައިވާ "ހޯކްސް"ގެ ޕެޓްރޯލް ޝެޑެކެވެ. މިއީ މީގެ ހަތަރު މަސް ކުރިން ހިދުމަތް ދޭން ފެށި ޝެޑެއްކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ވަރަށް ވައިބާރުވެ، މޫސުން ގޯސް ވަގުތެއްގައި ފަޅުގައި ކޮޅުވެއްޓި އަޅަން އުޅުމުގެ ތެރޭގައެވެ. އަދި އެއީ ހުޅުދުއްފާރު މަގުތަކުގައި ހުރި ރުއްތަކެއް ނެގުމަށް އެކްސަވޭޓަރެއް ހިފައިގެން ދިޔަ ކޮޅުވެއްޓިއެއްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ރާއްޖެއަށް މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ބަލައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު