ސިޔާސި ގޮތުން ހިޔާލު ތަފާތުވިޔަސް އަހުލާގިއްޔަތަށް ރައްކާތެރިވާން ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ހޯމް މިނިސްްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

އިމްރާން މިކަމަށް ގޮވާލާފައި މިވަނީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެެ މެދުގައި ބޮޑެތި ދެބަސްވުންތަކެއް އުފެދި، ހަޑި މުޑުދާރު އިލްޒާމްތަކެއް އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވަމުންދާ ދަނޑިވަޅެއްގައެވެ.



ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ ސިޔާސީ ގޮތުން ކިތަންމެ ހިޔާލު ތަފާތުވިޔަސް ދުނިޔަވީގޮތުން ހިފަހައްޓަންޖެހޭ ހަމަތަކާއި އަހްލާގިއްޔަތަށް ރައްކާތެރިވުމަށް ހުރިހާ ސިޔާސީ ލީޑަރުން ވިސްނަވަންޖެހޭކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދުގެ ކޮއްކޯފުޅު ހައްޔަރުކުރުމާއެކު އެމަނކުފާނު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއް ހަގީގަތެއް ނެތް ހަޑިމުޑުދާރު އިލްޒާމްތައްވެސް ރައީސް ނަޝީދު ގެންދަވަނީ އަޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު