އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ކުރީގެ ނޫސްވެރިޔާ އަލީ ނަސީރުގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ، އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 28 އަހަރުގެ މީހަކުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް އޭނާ ބަންދު ކުރަން ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 28 އަހަރުގެ މިހާ އަކީ ނަސީރެވެ.
ނަސީރުގެ އިތުރުން މި ފަހުން ފަޅާއެރި ލިވާތު މައްސަލައިގައި ދެން ހައްޔަރުކޮށްފައި ވަނީ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަދި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއުއެވެ. މި މީހުންގެ ބަންދަށް މުއްދަތު ޖެހިއިރު ފުލުސް މީހާއަށް 15 ދުވަސް ދިން އިރު، ނާޒިމާއި ނަޝީދަށް ކޯޓުން ދީފައިވަނީ 7 ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު