އައު އަހަރު އަޒުމު އާކުރަންވީ ހެޔޮ މަގަށް ރުޖޫއަ ވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހިޖުރީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވަމުން އެމަނިކުފާނު އާންމު ކުރެއްވި މެސެޖެއްގައި ވަނީ އާ އަހަރުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި އެންމެހާ މުސްލިމުންނަށް އަރިސް ކުރައްވާފައެވެ.

އަދި ނުބައި އަމަލުތަކާއި ނުބައި ކަންތައްތައް ދޫކޮށް ހެޔޮ މަގަށް ރުޖޫއަވުމަކީ ހިޖުރައިން ލިބިދޭ އެންމެ މަތިވެރި ފިލާވަޅު ކަމަށާ އައު އަހަރުގައި އަޒުމު އާކުރަންވީ ހެޔޮ މަގަށް ރުޖޫއަވެ، ދިންނަވާނޭ މަގުން ދަތުރު ކުރުމުގައި ދެމިތިބުމަށް ކަމަށް ވެސް ޤާސިމްގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.



ޤާސިމްގެ ތަހުނިޔާގެ މެސެޖުގައި އަލިއަޅުވާލައްވާފައިވަނީ، މިހާރު ރާއްޖެއިން ފެންނަމުންދާ ނުރަނގަޅު އަމަލުތަކަށްކަމަށް ގަބޫލު ކުރެވެއެވެ.

މިއަދަކީ 1444 ވަނަ ހިޖުރީ އައު އަހަރު ފެށުނު ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު