ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ދޮގު ވާހަކަތައް ގަބޫލުކޮށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދަށް އަނިޔާވެރިވި އެންމެނަށް މައާފު ކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ގުޅުވައި ރައީސް ނަޝީދު މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާ ގުޅިގެން ރައީސް ނަޝީދު ހުންނެވީ "ހަމައިން ނައްޓާފައި" ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވެސް ވިދާޅުވެފައިވަނިކޮށް، ޓްވިޓާގައި މީހަކު ވަނީ ރައީސް ނަޝީދުފަދަ ކޮންޓްރޯލުން ނެއްޓިފައިވާ މީހަކާއެކު ވެރިކަން ކުރަން އުނދަގޫވާނެވަރު މިހާރު ވިސްނޭކަމަށް ބުނެފައެވެ. އަދި ނަޝީދުގެ ބަސް ގަބޫލުކޮށް ރައީސް ވަޙީދާއި ދިމާއަށް ބާޣީއަށް ގޮވާ ހެދުނީތީ އޭނާ ވަނީ މައާފަށް އެދިފައެވެ.
އެއާއި ގުޅިގެން ރައީސް ވަޙީދު ވިދާޅުވީ، ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވުމަށްފަހު އުފެއްދެވި ދޮގު "ނެރޭޓިވް" ގަބޫލުކޮށް އެމަނިކުފާނާއި އާއިލާއަށް އަނިޔާވެރި ބަސްތަކާ އަމަލުން ރައްދުދެއްވި ހުރިހާ ފަރާތްތަކަށް މައާފު ކުރަށްވާފައިވާކަމަށެވެ.
"ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށްފަހު އުފެއްދެވި ދޮގު ނެރޭޓިވް ގަބޫލުކޮށް އަޅުގަނޑާ އާއިލާއަށް އަނިޔާވެރި ބަސްތަކާ އަމަލުން ރައްދު ދެއްވި ހުރިހާ ފަރާތްތަކަށް މައާފު ދެމެވެ. އަދި އަޅުގަނޑުގެ ރައީސް ކަމުގައި އެއްވެސް ފަރާތަކަށް ނުހައްގުން އަނިޔާއެއް ލިބުނުނަމަ މައާފު ކުރެއްވުން އެދެމެވެ." ރައީސް ވަޙީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު، އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރު ކުރުމާ ގުޅިގެން ރައީސް ނަޝީދު ގެންދަވަނީ ޖަޒުބާތުގައި ގިނަ ވާހަކަފުޅުތަކެއް ދައްކަވަމުންނެވެ. އަދި އޭގެ ސަބަބުން އެމަނިކުފާނާ ދެކޮޅަށް ކުރިން ނުނިކުންނަ އެތައް ބަޔަކުވަނީ މިހާރު ނުކުމެފައެވެ.

ކިޔުންތެރިންގެ ހިޔާލު