މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައިފިނަމަ ހަތަރު ހެކިންގެ ހެކި ބަހުން އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތަށިފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޒިނޭގެ ތުހުމަތު އެޅުވުމާއި ގުޅިގެންނެެވެ. އެހެން ނަމަވެސް ރައީސް ސާލިޙު ވަނީ އެ ތުހުމަތުތައް ދޮގުކުރަށްވާފައެވެ.
އެކަމާ ގުޅިގެން ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައިފިނަމަ ހަތަރު ހެކި ގެންނަން ޖެހޭނެ ކަމަށެވެ. އެ ހަތަރު ހެކިން ގެނަސް އެކަން ސާބިތު ނުކޮށްދީފި ނަމަ ޤަޛްފުގެ (އަށްޑިހަ އެތިފަހަރުން) ހައްދު ޖަހަން ޖެހޭނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
އަދި ޤަޛްފުގެ ކުށް ސާބިތުވެއްޖެނަމަ އެމީހަކީ ފާސިޤެއްކަމަށް ބަލައި އެމީހެއްގެ ހެކިބަސް އުމުރަށް ގަބޫލު ނުކުރެވޭނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ އިލްމްވެެރިންގެ މަޖިލީހުގެ ރައީސް އައްޝައިހް އިލްޔާސް ހުސައިން ވެސް މިމައްސަލައިގައި ވިދާޅުވީ ޤަޛްފު ކުރާ މީހުން ދައުލަތުގެ އިސް މަގާމުތަކުގައި ބައިތިއްބައިގެން ނުވާނެ ކަމަށެވެ. ޒިނޭގެ ތުހުމަތު އެޅުވުމުން ނުވަތަ ޤަޛްފު ކުރުމަކީ އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެކެެވެ.
ކީރިތި ގުރުއާނުގެ ނޫރު ސޫރަތުގައި މާތް ﷲ ވަހީ ކުރަށްވާފައިވާ ބަސް ފުޅެއްގެ މާނައިގައި ވަނީ މިފަދައިންނެެވެ.
"އިއްފަތްތެރި އަންހެނުންނަށް ޤަޛްފު ކުރާ މީހުންނަށް (އެކަމުގެ މައްޗަށް ހަތަރު ހެކިން ނުގެނައިނަމަ ފަހެ އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން (ހައްދު) ޖަހާށެވެ.! ޢަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ގަބޫލު ނުކުރާށެވެ. އަދި އެއުރެންނީ ހަމަ ފާސިގުންނެެވެ."

ކިޔުންތެރިންގެ ހިޔާލު