ކޮއްކޯފުޅު ހައްޔަރުކުރުމުން އެހެން މީހުންނަށް އެކަމުގެ ވަރު ބާލަމުންދާކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ފާޑު ވިދާޅުވެ ރޮޒައިނާ ވާހަކަފުޅުދައްކަވާފައި މިވަނީ އެކަމަނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާ ގުޅޭގޮތުން ރައީސް ނަޝީދު ސާބިތު ނުހިފޭ ވާހަކަތަކެއް ދެއްކެވެމުންނެވެ.
ރައީސް ނަޝީދު ވަނީ މިހާރު ފެން މަތިވެގެން އުޅޭ އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލައިގައި ނާޝިޒުގެ ފޮޓޯތަކެއް އުޅޭކަމަށް ދޭހަވާ ގޮތަަށް ވާހަކަދައްކަވާފައެވެ.
ރައީސް ނަޝީދުގެ އެ ވާހަކަތަކާއި ގުޅިގެން ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދު ހައްދަވާ އިތުރުފުޅު ނޭނގޭ މީހަކު މި ގައުމުގައި ނެތްކަމަށެވެ. އަދި މީސްމީހުންގެ ވީޑިއޯއާއި ފޮޓޯ ހުރިކަމަށް ވިދާޅުވެ ވާހަކަދައްކަވާއިރު އެ އެއްޗެހި އާއްމު ނުކުރަނީ ކީއްވެތޯވެސް ރޮޒައިނާ ސުވާލުކުރެއްވިއެވެ.
"ލިވާތު ކޮށްގެން ކޮއްކޮ ހައްޔަރުކުރީމަ އެހެން މީހުންނަށް ކޮން ވަރެއްތަ ބާލަނީ؟"' ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ އެކަމަނާވެސް، އަދި ފިރިކަލުންވެސް ެައަހްލާގީގޮތުން ދަށު ދަރަޖައިގެ ކަންކަން ނުކުރައްވާނެކަމަށެވެ.
"ކަލޭމެންހެން ބިރަކާއި ނުލައި ޓެރަސްތައް މަތީ މަޖާ ނުކުރާތީތަ އަހަރުމެންނާއި އަޅައިގަނެގެން ތި އުޅެނީ" ރޮޒައިނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕްގައި މިއަދު ޒުވާބު އުފެދި، ކަންކަން ގޯސްވެގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައިސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައީސް ސާލިހުއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަތްޕުޅުގައި ރައީސް ސާލިހު އަންހެން ކުއްޖަކާއެކު އުޅުއްވާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިފައިވާކަމަށާއި، އެ ފޮޓޯތައް ޕޮލިހާއި ހިއްސާކުރަންވީތޯވެސް އައްސަވާފައިވެއެވެ.
ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދުދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ނާޒިމްއަށް ދިމާވިގޮތުން އެންމެންވެސް ދެރަވާ ކަމަށާއި އަދި ރައީސް ނަޝީދަށް ކުރެވޭ އިހުސާސްތައް އެނގިވަޑައިގަންނަވާނެކަމަށެވެ. ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަކީ އެމްޑީޕީގެ ރަސްމީ ގުރޫޕެއް ކަމަށާއި، އެއްވެސް އަސާސެއް ނެތް ތުހުމަތުތައް އެ ގުރޫޕުގައި ނުކުރެއްވުމަށް ދަންނަވާ ކަމަށެވެ.
ފައްޔާޒު ރައްދު ދެއްވުމުން ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ ފައްޔާޒަށް ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ތުހުމަތުތަކަކީ އަސާސެއް ނެތް ތުހުމަތުތަކެއްތޯ ބައްލަވަން ފައްޔާޒު ބޭނުންފުޅުވޭތޯ އައްސަވާފައެވެ. އަދި ފައްޔާޒް ފެންވަރުން ކަންކަމާއި ބެހުމަށާއި އެމަނިކުފާނަށް ނަސޭހަތް ދޭކަަށް ފައްޔާޒްއަށް ނުޖެހޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަނެއްކާވެސް ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވި އޭނާއަށް ރައީސަށް ނަޝީދަށް ނަސޭހަތް ދެވޭނެކަމަށެވެ. އަދި ރައީސް ނަޝީދު ހުންނެވީ ކޮންޓްރޯލުން ނެއްޓިފައިކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

Bala photo thah laashey buneema keevvetha @MohamedNasheed ah laan nukerigen ulhenee. Eyee netheema. Thi insaana hadhaa dhogu neygey meeheh mi qaumaku neiy. Livaathu koggen kokko hayyaru kureema ehen meehunnah kon varehtha baalanee? Huriyyaa huri video akaa photo eh laabala! https://t.co/9w3QOyyW9s
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) July 29, 2022
ރޮޒައިނާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ އެކަމަނާވެސް، އަދި ފިރިކަލުންވެސް ެައަހްލާގީގޮތުން ދަށު ދަރަޖައިގެ ކަންކަން ނުކުރައްވާނެކަމަށެވެ.
"ކަލޭމެންހެން ބިރަކާއި ނުލައި ޓެރަސްތައް މަތީ މަޖާ ނުކުރާތީތަ އަހަރުމެންނާއި އަޅައިގަނެގެން ތި އުޅެނީ" ރޮޒައިނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕްގައި މިއަދު ޒުވާބު އުފެދި، ކަންކަން ގޯސްވެގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައިސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައީސް ސާލިހުއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަތްޕުޅުގައި ރައީސް ސާލިހު އަންހެން ކުއްޖަކާއެކު އުޅުއްވާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިފައިވާކަމަށާއި، އެ ފޮޓޯތައް ޕޮލިހާއި ހިއްސާކުރަންވީތޯވެސް އައްސަވާފައިވެއެވެ.
ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދުދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ނާޒިމްއަށް ދިމާވިގޮތުން އެންމެންވެސް ދެރަވާ ކަމަށާއި އަދި ރައީސް ނަޝީދަށް ކުރެވޭ އިހުސާސްތައް އެނގިވަޑައިގަންނަވާނެކަމަށެވެ. ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަކީ އެމްޑީޕީގެ ރަސްމީ ގުރޫޕެއް ކަމަށާއި، އެއްވެސް އަސާސެއް ނެތް ތުހުމަތުތައް އެ ގުރޫޕުގައި ނުކުރެއްވުމަށް ދަންނަވާ ކަމަށެވެ.
ފައްޔާޒު ރައްދު ދެއްވުމުން ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ ފައްޔާޒަށް ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ތުހުމަތުތަކަކީ އަސާސެއް ނެތް ތުހުމަތުތަކެއްތޯ ބައްލަވަން ފައްޔާޒު ބޭނުންފުޅުވޭތޯ އައްސަވާފައެވެ. އަދި ފައްޔާޒް ފެންވަރުން ކަންކަމާއި ބެހުމަށާއި އެމަނިކުފާނަށް ނަސޭހަތް ދޭކަަށް ފައްޔާޒްއަށް ނުޖެހޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަނެއްކާވެސް ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވި އޭނާއަށް ރައީސަށް ނަޝީދަށް ނަސޭހަތް ދެވޭނެކަމަށެވެ. އަދި ރައީސް ނަޝީދު ހުންނެވީ ކޮންޓްރޯލުން ނެއްޓިފައިކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު