މަންކީޕޮކްސްއަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި ބިދޭސީ މީހާއަށް ޖެހިފައިވަނީ އެ ބަލި ނޫން ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން މިއަދު ބުނީ މަންކީޕޮކްސްއަށް ޝައްކު ކުރެވުނު ކޭސްއާ ގުޅިގެން ކްލިނިކަލް ޓީމުން އިވެލުއޭޓް ކުރުމަށްފަހު އެމީހާގެ ގައިން ފެނިފައިވަނީ މަންކީޕޮކްސްގެ ސިފައެއް ނޫން ކަމަށް ނިއްމައިފައިވާ ކަމަށެވެ. އެހެންކަމުން އެ މީހާ ހޮސްޕިޓަލުން ދޫކޮށްލަން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

މަންކީޕޮކްސްއަށް ޝައްކު ވުމުން ބިދޭސީ މީހާ މިހާތަނަށް ހުރީ ޓްރީޓޮޕް ހޮސްޕިޓަލްގައި ކަރަންޓީން ކޮށްފައެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ މަންކީޕޮކްސް އަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ވަނީ ނިންމާފައެވެ.

ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މަންކީޕޮކްސް ބޮޑަށް ފެތުރެނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ކަމަށް ދިރާސާތަކުން ވަނީ ހާމަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު