އަހުމަދު މަސްނޫމް   29 ޖުލައި 2022 - 19:39
"ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފުތިތާހުކޮށްދެއްވައިފިއެވެ.

މިއީ ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން އައިބީސީގެ ބޮޑީބޯޑިން ވޯލްޑް ޓުއާގެ އެއް ބައެވެ. އަދި މިއީ ވޯލްޑް ޓުއާ މުބާރާތެއް އޭޝިއާގައިވެސް ބާއްވާ ފުރަތަމަ މުބާރާތެވެ.

މާލޭގެ ރާޅުގަނޑު ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މުބާރާތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ސެކެޓްރީ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ވަނީ މި މުބާރާތް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.



މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ފަށާ މި މުބާރާތް ކުރިޔަށްދާނީ އަންނަ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖޭގެ އަށް ބޮޑީބޯޑަރުން ވާދަކުރާނެއެވެ. މީގެ އިތުރުން މި މުބާރާތުގައި، ދުނިޔޭގެ ރޭންކިންގެ އެއްވަނަ އަންހެން އަދި ފިރިހެން ބޮޑީބޯޑަރުން ވާދަކުރާއިރު، ޖުމްލަ 12 ގައުމެއްގެ ބޮޑީބޯޑަރުން މި މުބާރާތުގައި ވާދަކުރާނެއެވެ.

ރާއްޖޭގައި ފެށި މޯލްޑިވްސް ޕްރޯގެ ޓައިޓަލް ސްޕޮންސަރު ކަމާއި ޑެސްޓިނޭޝަން ޕާޓްނަރަކީ ވިޒިޓް މޯލްޑިވްސްއެވެ. މި މުބާރާތުގެ އިނާމު ފައިސާގެ ގޮތުގައި 70،000 ޑޮލަރު ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ދިނުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު