އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަސީރު ހައްޔަރުކޮށްފައިވަނީ މީގެ ދުވަސްތަކެއް ކުރިން އާންމުވެފައިވާ އެއްޖިންސުން ގުޅުން ހިންގި ވީޑިއޯ އަކާއި ގުޅިގެންނެެވެ. ނަމަވެސް އަލަމްގީރާ ގުޅޭ ވިޑިއޯއެއް ކަމަކަށް ނުބެލެވެއެވެ.

ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް އަބްދުއްސައްތާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ކޯޓުން މިހާރު ވަނީ ހަތް ދުވަސްދީފައެވެ.

އަލަމްގީރު އާއެކު ޖިންސީ ގުޅުން ހިންގި މައްސަލައިގައި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އިއްޔެ ވަނީ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު