ތިމަރަފުށި ދާއިރާގެ ގޮނޑީގައި އަބްދުﷲ ރިޔާޒަށް މިއަދު އިންނެވުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމް ކުރެއްވި މަސައްކަތުންކަމަށް ޕީއެންސީގެ ނާއިބު ލީޑަރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވެފައި މިވަނީ ޓްވިޓަރގައި އަބްދުﷲ ރިޔާޒާ އޭނާއާއި ދެމެދު ކުރެއްވި ބަހުސެއްގެ ތެރެއިންނެވެ. މިގޮތުން ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2 ވަނަ ދައުރެއް ރައީސް ޔާމިނަށް ދީފިނަމަ އަނިޔާވެރިކަން އިތުރުވާނެކަމަށެވެ.
ރިޔާޒުގެ ޓްވީޓަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތް ހަރާބުކޮށް، ކޮންމެ މީހަކު އެމީހަކު ބޭނުން ގޮތަކަށް އުޅުނަސް ހެޔޮކަމަށް ހަދައި، އުސްފަސްގަނޑުގައި އެމް.ޑީ.ޕީ ޓެންޓް ޖަހައި، އެތަނުގައި ޤާނޫނާއި ހިލާފު ކަންކަންކުރަން ޖާގަ ދެއްވީ އަބްދުﷲ ރިޔާޒު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނަވައިގެންކަމަށެވެ.
ޝުޖާއުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރިޔާޒު ވިދާޅުވީ މަޖިލީހުގެ ގޮނޑިއަށް އޭނާ ދެ ދައުރު ހޮވުނީ ފުލުހުންގެ ޚިދުމަތުގައި އޭނާ ކޮށްދެއްވި ޚިދުމަތް ރައްޔިތުން ބަލައިގަތީމާ ކަމަށެވެ،
އަމިއްލަފުޅަަށް ކުރެއްވި މަސައްކަތުން މަޖިލީހުގެ ގޮނޑި ލިބިވަޑައިގަތްކަމަށް ރިޔާޒު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ މަޖިލީހުގެ ގޮނޑިއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވޯޓްލައިގެން ހޮވާ މަޤާމެއް ނޫންކަމަށެވެ. އަދި ރިޔާޒު މަޖިލީހަށް ދެ ދައުރުވެސް އިންތިހާބުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމްގެ އެހީތެރިކަމާއެކުކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
ނަމަވެސް ގާސިމް ވެދެއްވި އެހީތެރިކަން ބަލައިނުގަނެ އެމަނިކުފާނަށް ރިޔާޒު ދެއްވީ ކެއްސެއްކަމަށް ޝުޖާއުު ވިދާޅުވިއެވެ. އަދި މިހާރު ހުންނެވި ޕާޓީން ވާދަކޮށްގެން ގޮނޑިއެއް ލިބިވަޑައިގަންނަވާނެތޯ ޝުޖާއު ސުވާލުކުރެއްވިއެވެ.
ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި، ގާސިމްގެ އެހީތެރިކަމާއެކު މަޖިލީހަށް ހޮވިވަޑައިގަތް ދެ މެމްބަރުންނެވެ. އެ ދެ މެމްބަރުން ހޮވުމަށް އެތައް މިލިއަނަކުން ގާސިމް އިބްރާހިމް ވަނީ ހަރަދުކުރައްވާފައިކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ހަރާބުކޮށް،ކޮންމެ މީހަކު އެމީހަކު ބޭނުން ގޮތަކަށް އުޅުނަސް އޯކޭކަމަށް ހަދައި،އުސްފަސްގަނޑުގައި އެމް.ޑީ.ޕީ ޓެންޓް ޖަހައި،އެތަނުގައި ބޭއަދަބީ އަމަލުތައް ހިންގުމަށް ޖާގަދީ،އެތަނުގައި ރާބޮއި ހެދުމަށް ޖާގަ ދެއްވީ ތިބޭފުޅާގެ ސީ.ޕީ ކަމުގަ.ރައީސް ޔާމިނެއްނޫން.
— Ibrahim Shujau (@IbrahimShujaau) July 29, 2022
ޝުޖާއުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރިޔާޒު ވިދާޅުވީ މަޖިލީހުގެ ގޮނޑިއަށް އޭނާ ދެ ދައުރު ހޮވުނީ ފުލުހުންގެ ޚިދުމަތުގައި އޭނާ ކޮށްދެއްވި ޚިދުމަތް ރައްޔިތުން ބަލައިގަތީމާ ކަމަށެވެ،
ފުލުހުންގެ ޚިދުމަތުގަ އަޅުގަޑު ގައުމަށާއި ރައްޔުތުންނަށްކޮށްދިން ޚިދުމަތް ރައްޔިތުން ބަލައިގަތީމަ ނޫންތޯ 2 ވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލިހަށް އަޅުގަޑުހޮވިފަމިވަނީ؟
— Abdulla Riyaz MP (@riyazabdulla) July 29, 2022
އަމިއްލަފުޅަަށް ކުރެއްވި މަސައްކަތުން މަޖިލީހުގެ ގޮނޑި ލިބިވަޑައިގަތްކަމަށް ރިޔާޒު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ މަޖިލީހުގެ ގޮނޑިއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވޯޓްލައިގެން ހޮވާ މަޤާމެއް ނޫންކަމަށެވެ. އަދި ރިޔާޒު މަޖިލީހަށް ދެ ދައުރުވެސް އިންތިހާބުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމްގެ އެހީތެރިކަމާއެކުކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
ނަމަވެސް ގާސިމް ވެދެއްވި އެހީތެރިކަން ބަލައިނުގަނެ އެމަނިކުފާނަށް ރިޔާޒު ދެއްވީ ކެއްސެއްކަމަށް ޝުޖާއުު ވިދާޅުވިއެވެ. އަދި މިހާރު ހުންނެވި ޕާޓީން ވާދަކޮށްގެން ގޮނޑިއެއް ލިބިވަޑައިގަންނަވާނެތޯ ޝުޖާއު ސުވާލުކުރެއްވިއެވެ.
އެއީ މުޅިރާއްޖޭގެ ރައްޔިތުން ވޯޓް ލައިގެން ލިބުނު މަޤާމެއް ނޫން.ފުރަތަމަ މަޖިލީހަށް ވަޑައިގަނެވުނީ @qasimibrahim ގެ އެހީތެރިކަމާ އެކު.2 ވަނަ ފަހަރުވެސް އެގޮތައް.ނަތީޖާއެއްގެ ގޮތުން އޮނަރަބަލް ޤާސިމަށްވެސް ދިނީ ބޮޑު ކެއްސެއް.މިހާރު ތިޔަ ހުންނެވި ޕާޓީން ނިކަ ހޮވޭތޯ ބަލާބަލަ.
— Ibrahim Shujau (@IbrahimShujaau) July 29, 2022
ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި، ގާސިމްގެ އެހީތެރިކަމާއެކު މަޖިލީހަށް ހޮވިވަޑައިގަތް ދެ މެމްބަރުންނެވެ. އެ ދެ މެމްބަރުން ހޮވުމަށް އެތައް މިލިއަނަކުން ގާސިމް އިބްރާހިމް ވަނީ ހަރަދުކުރައްވާފައިކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު