ފިނޭންސް މިނިސްޓްރީގެ ޕްރޮކިއުމަންޓް ހެޑުގެ މަގާމުގައި ހުންނެވި އަޙްމަދު މުޖްތަބާ ކުއްލިގޮތަކަށް މިއަދު އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަވަހާރަވީ ޗުއްޓީގައި އޭނާގެ ރަށުގައި ހުންނަވަނިކޮށް ދެ ކިޑްނީ ފެއިލްވެގެންނެވެ. އޭނާގެ ރައްޓެހިންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ، އިއްޔެ ވެސް އޭނާއާއި ވާހަކަ ދައްކާފައިވާ ކަމަށާ ނަމަވެސް ދެން ހަބަރު ލިބުނީ އޭނާ ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދާކަމުގެ ހަބަރު ކަމަށެވެ. އަދި ދެ ކިޑްނީ ވެސް ފެއިލް ވެފައިވާކަން ޓެސްޓްތަކުން އެނގިފައިވާ ކަމަށް އެމީހުން ބުނެފައި ވެއެވެ.
ފިނޭންސްގެ މުވައްޒަފުން ބުނާގޮތުގައި، އޭނާ އަކީ އެންމެނާވެސް ގުޅޭ ވަރަށް އެކުވެރި ހިތްހެޔޮ ބޭފުޅެއް ކަމަށެވެ. އޭނާ އަކީ ޕްރޮކިއުމެންޓް ދާއިރާގައި ރާއްޖޭގައި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ.
މުޖުތަބާ އަވަހާރަވިއިރު ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެކްޒެކެޓިވް ހެޑް އޮފް ޕްރޮކިއުމަންޓް ޕޮލިސީ ޑިޕާޓްމަންޓުގައެވެ.

ކިޔުންތެރިންގެ ހިޔާލު