ކިތަންމެ މައްޗަށް ކިޔެވިޔަސް ބަހާ އަމަލާ ދިމާނުވެ ޒާތީގޮތުން ޖައްސާލާނަމަ ދީނީ ވާހަކަ ދައްކަން ކުފޫ ހަމަނުވާނެކަމަށް ވިދާޅުވެ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް ފާޑުވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވެފައި މިވަނީ، އަމިއްލަ ނަފްސުގެ ރަައުޔުގެ މައްޗަށް ބިނާކޮށް އުސޫލުން ބޭރުން ކަންކަން ނިންމުމުން މަުޖުތަމައުގެ މަސްލަހަތު ގެއްލިގެންދާނެކަމަށް އޭނާ ވިދާޅުވުމުން، އެކަމަށް ޑރ. އިޔާޒު މަލާމާތުގެ ރާގަކުން ރައްދުދެއްވުމުންނެވެ.
އެގޮތުން އަމްރަށް ރައްދު ދެއްވަމުން މަލާމާތުގެ ރާގެއްގައި ޑރ. އިޔާޒު ވިދާޅުވީ އަރަބިއްޔާ ސްކޫލްގައި "ހޭކިލާފައި" ހުއްޓަސް ދީނީ ކަންކަން އަމްރަށް ނޭނގި ހިނގައިދާނެކަމަށެވެ.
އިޔާޒުގެ އެ ވާހަކައަށް ރައްދު ދެއްވަމުން އަމްރު ވިދާޅުވީ އަރަބިއްޔާއިން 19 މާއްދާ އަރަބި ބަހުން ކިޔަވައިގެން، މަތިން މާކްސް ހޯދައިގެން ފާސްވިކަން އިޔާޒަށް ރަނގަޅަށް އެނގޭނެކަމަށެވެ. އަދި ކިޔަވާ ވިދާޅުވީ މާއްދާތަކުގެ ތެރޭގައި ތަފްސީރާއި ޙަދީޡްވެސް ހިމެނޭކަމަށް އަމްރު ވިދާޅުވިއެވެެ.
މީގެއިތުރުން އިޔާޒަށް އިޝާރަތްކުރައްވަައި އަމްރު ވިދާޅުވީ ކިތަންމެ މައްޗަށް ކިޔެވިޔަސް، ބަހާއި އަމަލާ ދިމާނުވެ ޒާތީގޮތުން ޖައްސާލާނަމަ ދީނީ ވާހަކަ ދައްކަން ކުފޫ ހަމައެއް ނުވާނެކަމަށެވެ.
މިދުވަސްވަރަކީ ޔޯގާގެ ހުކުމާމެދު ރާއްޖޭގައި ބޮޑެތި ބަހުސްތައް ކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންނާއި ދެމެދު މިކަމުގައި ބޮޑެތި ބަހުސްތައް ދަނީ ހިންގަމުންނެވެ.

ޙަރާމްކަމެއް ޙަލާލެކޭވެސް ނުބުނެވޭނެ. @Arabiyya_School ގައި ހޭކިލާފައި ހުއްޓަސް ދީނީ ކަންކަން ނޭނގި ހިނގައިދާނެ. @HusenAmr https://t.co/HCrjA57KzC
— Dr.Mohamed Iyaz (@dr_iyaz) July 28, 2022
އިޔާޒުގެ އެ ވާހަކައަށް ރައްދު ދެއްވަމުން އަމްރު ވިދާޅުވީ އަރަބިއްޔާއިން 19 މާއްދާ އަރަބި ބަހުން ކިޔަވައިގެން، މަތިން މާކްސް ހޯދައިގެން ފާސްވިކަން އިޔާޒަށް ރަނގަޅަށް އެނގޭނެކަމަށެވެ. އަދި ކިޔަވާ ވިދާޅުވީ މާއްދާތަކުގެ ތެރޭގައި ތަފްސީރާއި ޙަދީޡްވެސް ހިމެނޭކަމަށް އަމްރު ވިދާޅުވިއެވެެ.
19 މާއްދާ އަރަބި ބަހުން ކިޔަވާ މަތިން ފާސްވިކަން އިޔާޒަށް ރަނގަޅަށް އިނގޭނެ. އޭގެ ތެރޭގަ ތަފްސީރާ ޙަދީޡް ވެސް ހިމެނޭ.
— Amr 🎈 (@HusenAmr) July 28, 2022
ކިތައްމެ މައްޗަށް ކިޔެވިޔަސް ބަހާ އަމަލާ ދިމާނުވެ ޒާތީގޮތުން ޖައްސާލާނަމަ ދީނީ ވާހަކަ ދައްކަން ކުފޫ ހަމައެއް ނުވޭ. https://t.co/jOGsJeJtcr
މީގެއިތުރުން އިޔާޒަށް އިޝާރަތްކުރައްވަައި އަމްރު ވިދާޅުވީ ކިތަންމެ މައްޗަށް ކިޔެވިޔަސް، ބަހާއި އަމަލާ ދިމާނުވެ ޒާތީގޮތުން ޖައްސާލާނަމަ ދީނީ ވާހަކަ ދައްކަން ކުފޫ ހަމައެއް ނުވާނެކަމަށެވެ.
މިދުވަސްވަރަކީ ޔޯގާގެ ހުކުމާމެދު ރާއްޖޭގައި ބޮޑެތި ބަހުސްތައް ކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންނާއި ދެމެދު މިކަމުގައި ބޮޑެތި ބަހުސްތައް ދަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު