ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ދަށުން ފަށާ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ މިނީ ބަސްތައް ފުވައްމުލައް ސިޓީއަށާއި ލ. އަތޮޅަށް ގެންގޮސްފިއެވެ.

އާރްޓީއެލްގެ ހުރިހާ ހިދުމަތެއް ދިނުމަށް ސަރުކާރުން ހަވާލު ކޮށްފައިވާ އެމްޓީސީސީން މިއަދު ބުނީ، އެ ކުންފުނިން މިހާރު ތައްޔާރުވަމުން ދާ ރާއްޖޭގެ 3 އަތޮޅެއްގައި މިނީ ބަހުގެ ޚިދުމަތް ފެށުމުގެ މަސައްކަތުގެ ތެރެއިން މިހާރުވަނީ ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކަށް ބޭނުންވާ 4 ބަހާއި، އަދި އިސްދޫ-ކަލައިދުއަށް ފޮނުވާ 2 މިނީ ބަސް އެރަށްރަށަށް ގެންގޮސްފައި ކަމަށެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ 5 ބަސް އެ ރަށަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އެ ކުންފުނިން ބުނީ އައްޑޫއަށް ބޭނުންވާ ބަސްތައް ގެންދިޔުމުގެ މަސައްކަތް ވެސް ފަށާފައިވާކަމަށެވެ.

މި ހިދުމަތަށް ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް ރާއްޖެ ގެނައީ ޖުލައި 16ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު