މުޑުދާރު އަމަލު ހިންގާ މީހުންނާމެދު ފިޔަވަޅު އަޅަން ފުލުހުން ފަސްނުޖެހޭނެކަން ކަށަވަރުކަމަށް ހޯމް މިނިސްްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިހެން ވިދާޅުވެފައި މިވަނީ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުން ފެންނަ މީހުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދު ﷲ ވިދާޅުވީ މުޑުދާރު އަމަލު ހިންގާ މީހުންނާއިމެދު ޤާނޫނުގައިވާ ފިޔަވަޅު އެޅުމަށް ފުލުހުން ފަސްނުޖެހޭކަން އަބަދުވެސް އޭނާއަށް ކަށަވަރުކަމަށެވެ. ނަމަވެސް ޖިނާއި އަދުލު ހިންގުމަކީ ހަމައެކަނި ފުލުހުންގެ އަތްމަތީ އޮތް ކަމެއް ނޫންކަމަށާއި ނިޒާމުގައި ހިމެނޭ އެންމެން ﷲއަށް ބިރުވެތިވެ ފުރިހަމަ ޒިންމާ އަދާކުރަންޖެހޭކަމަށް އިމްރާން ވިދާޅުވިއެވެ.
އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްގައި ފެނުނުކަމަށް ބުނާ ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) މިއަދު ވަނީ ހައްޔަރުކޮށްފައެވެ. އަދި މިމައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އިތުރު މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.
އެގޮތުން، ކާނަލް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ހައްޔަރުކުރަންވެސް ފުލުހުން ވަނީ ކޯޓު އަމުރެއް ހޯދާފައެވެ.
މި މީހުންގެ އިތުރުން މިމައްސަލައާ ގުޅިގެން ސަރުކާރުގެ ބައެއް އިދާރާތަކުގެ ވެރިންނާއި ވިޔަފާރިވެރިންވެސް ހައްޔަރުކުރަން އުޅޭކަމުގެ މައުލޫމާތު ވަނީ ފެތުރިފައެވެ.

Mududhaaru amalu hingaa meehunnaa medhu qaanoongaivaa fiyavalhu elhumah fuluhun fasnujeheykan abadhuves alhugandu kashawarukuran. Namaves jinaai adhuluhingumakee ekani fuluhunge ayimathee oyikamehnoon. Nizaamugai himeney emmen Allah ah biruvethive furihama zimmaa adhaakuranjehey.
— Imran Abdulla (@ShimranAb) July 28, 2022
އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްގައި ފެނުނުކަމަށް ބުނާ ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) މިއަދު ވަނީ ހައްޔަރުކޮށްފައެވެ. އަދި މިމައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އިތުރު މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.
އެގޮތުން، ކާނަލް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ހައްޔަރުކުރަންވެސް ފުލުހުން ވަނީ ކޯޓު އަމުރެއް ހޯދާފައެވެ.
މި މީހުންގެ އިތުރުން މިމައްސަލައާ ގުޅިގެން ސަރުކާރުގެ ބައެއް އިދާރާތަކުގެ ވެރިންނާއި ވިޔަފާރިވެރިންވެސް ހައްޔަރުކުރަން އުޅޭކަމުގެ މައުލޫމާތު ވަނީ ފެތުރިފައެވެ.
ކިޔުންތެރިންގެ ހިޔާލު