ސްކޫލުން ބޭރުގައި އުޅޭއިރު ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރަން ހުރިހާ ފަރާތްތަކަކުންވެސް ސަމާލުކަން ދޭންޖެހޭކަމަށް އިސްކަންދަރު ސްކޫލުން ބުނެފިއެވެ.

އިސްކަންދަރު ސްކޫލުން މިހެން ބުނީ އެ ސްކޫލްގެ ޓީޗަރަކު އެ ސްކޫލްގެ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މައްސަލައަށް އިޝާރާތްކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގަ އެވެ.

އިސްކަންދަރު ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ތުހުމަތެއްގައި ސްކޫލްގެ މުވައްޒަފަކު ހައްޔަރުކުރުމަކީ ސްކޫލް ކަންބޮޑުވާ ކަމެއްކަމަށެވެ.

ބަޔާނުގައި ބުނީ އެ ސްކޫލުން ހިންގާ ހުރިހާ ހަރަކާތްތަކެއް ހިންގަނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކޮށްގެންކަމަށެވެ. އަދި ސްކޫލުން ވަނީ ކުރިއަށް އޮތްތަނުގައި ސްކޫލާއި ސްކޫލުން ބޭރުގައި ސްކޫލުން ހިންގާ ހުރިހާ ހަރަކާތެއްވެސް ކުރިއަށްގެންދާނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްގެންކަމުގެ ޔަގީންކަން ދީފައެވެ.

އިސްކަންދަރުގެ ބަޔާނުގައި ސްކޫލުން ދަރިވަރުންނަށް ރައްކާތެރިކަން ދޭ ބީދައިން ސްކޫލުން ބޭރުގައި ދަރިވަރުން އުޅޭއިރު އެ ކުދިންގެ ރައްކާތެރިކަމަށް ހުރިހާ ފަރާތަކުންވެސް ސަމާލުކަން ދޭންޖެހޭކަމަށެވެ.

އިސްކަންދަރު ސްކޫލްގެ ދަރިވަރަކަށް ޖިންސީ ގޯނާކޮށްގެން މިމަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ މުމުރުން 52 އަހަރުގެ އިންޑިއާގެ ފިރިހެނެކެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ އިންޑިއާ މީހާ ހައްޔަރުކޮށް މުއްދަތު ޖެހުމަށް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު