އިންޑިއާއާއި ރާއްޖޭގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން ދެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސް އޮފިޝަލުން މަޝްވަރާ ކުރައްވައިފިއެވެ.
އިންޑިއާއާއި ރާއްޖޭގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭ މަޝްވަރާތައް ބާއްވާފައިވަނީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުލް ޝަމާލު އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް މަނޯޖް ޕާންޑޭއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުލް ޝަމާލު އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ 6 ދުވަހުގެ ރަސްމީ ދަތުރުފުޅަކީ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް މަނޯޖް ޕާންޑޭގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވަނީ މިދަތުރުފުޅުގެ ތެރެއިން އިންޑިއާގެ 'ނެޝަނަލް ވޯ މެމޯރިއަލް'ގައި، އެ ގައުމަށް ހިދުމަތްކޮށްދިން ސިފައިންގެ ހަނދާނުގައި ބިނާކޮށްފައިވާ މަގްބަރާއަކަށް ޒިޔާރަތްކުރައްވާފައެވެ.
އިންޑިޔާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް މަނޯޖް ޕާންޑޭގެ އަރިހަށް ކުރެއްވި މި ޒިޔާރަތުގައި، ޝަމާލަށް ވަނީ ޓްރައި-ސާވިސަސް ގާޑް އޮފް އޮނާއެއް އަރުވާފައެވެ.
ޝަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖެނެރަލް މަނޯޖްއާއެކު ބޭއްވި ބައްދަލުވުމުގައި އެމްއެންޑީއެފަށް އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާ އެހީތަކަށް ޝުކުރު ދެންނެވިކަމަށެވެ. އަދި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ޒައާމަތުގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން ބަދަހިވަމުންދާއިރު، އެ ގުޅުމުގެ ތެރެއިން އަސްކަރީ ދާއިރާއިން ގިނަ އެހީތަކެއް އިންޑިއާއިން އަންނަނީ ފޯރުކޮށްދެމުންނެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުލް ޝަމާލު އިންޑިއާއަށް ވަޑައިގެންފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަންނަ ހޯމަދުވަހު އިންޑިއާއަށް ވަޑައިގަންނަވާނެއެވެ.

Privileged to call on Chief of the Army Staff of India, GEN Manoj Pande. Thanked the COAS & appreciated the efforts to build the capacity of @MNDF_Official.
— Maj. Gen. Abdulla Shamaal (@CDFofMNDF) July 28, 2022
Also reiterated the need to further strengthen our ongoing military relations. pic.twitter.com/eDXH5nbrtO
އިންޑިޔާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް މަނޯޖް ޕާންޑޭގެ އަރިހަށް ކުރެއްވި މި ޒިޔާރަތުގައި، ޝަމާލަށް ވަނީ ޓްރައި-ސާވިސަސް ގާޑް އޮފް އޮނާއެއް އަރުވާފައެވެ.
ޝަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖެނެރަލް މަނޯޖްއާއެކު ބޭއްވި ބައްދަލުވުމުގައި އެމްއެންޑީއެފަށް އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާ އެހީތަކަށް ޝުކުރު ދެންނެވިކަމަށެވެ. އަދި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ޒައާމަތުގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން ބަދަހިވަމުންދާއިރު، އެ ގުޅުމުގެ ތެރެއިން އަސްކަރީ ދާއިރާއިން ގިނަ އެހީތަކެއް އިންޑިއާއިން އަންނަނީ ފޯރުކޮށްދެމުންނެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުލް ޝަމާލު އިންޑިއާއަށް ވަޑައިގެންފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަންނަ ހޯމަދުވަހު އިންޑިއާއަށް ވަޑައިގަންނަވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު