އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްގައި ފެނުނުކަމަށް ބުނާ ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައި މިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ކާނަލް ނަޝީދު ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އަދި މިމައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އިތުރު މީހުންވެސް ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.
އެގޮތުން، ކާނަލް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ހައްޔަރުކުރަންވެސް ފުލުހުން ވަނީ ކޯޓު އަމުރެއް ހޯދާފައެވެ.
މިމައްސަލައާ ގުޅިގެން ކާނަލް ނަޝީދާއި ނާޒިމްގެ ޕާސްޕޯޓް ވަނީ މީގެކުރިން ހިފަހައްޓާފައެވެ. އަދި ނާޒިމް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާނެއް ވަނީ ނަގާފައެވެ.
ސޯޝަލް މީޑީއާގައި ފެތުރޭ ހަބަރުތައް ބުނާގޮތުން އެއް ޖިންސުން ގުޅުން ހިންގައި އަދި އެ މަންޒަރުތައް ވީޑިއޯކޮށް އެ މީހުން ބްލެކްމެއިލް ކުރި މައްސަލައިގައި ހިމެނޭ އަލަމްގީރް 200 އަށް ވުރެ ގިނަ މީހުންނާއެކު ވަނީ އެއްޖިންސުން ގުޅުން ހިންގާފައެވެ.
މިމައްސަލައާ ގުޅިގެން އަލަމްގީރު ވަނީ މި މަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު