ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ އިތުރު މީހުން ހައްޔަރުކުރުމުގެ އޮޕަރޭޝަނެއް ފުލުުހުން ފަށައިފިއެވެ.

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ޝޯޝަލް މީޑިޔާގައި ވަނީ ލީކްކޮށްލާފައެވެ. އެމީހުންނާއެކު ގުޅުން ހިންގައި ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި އަަލަމްގީރު ފުލުހުން ވަނީ މީގެކުރިން ހައްޔަރުކޮށްފައެވެ.



އަލަމްގީރާއެކު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ވެސް ޖިންސީ ގުޅުން ހިންގާ ވީޑީއޯ އެއް އާންމުވެފައިވާއިރު ހަމަ އެ ކޮޓަރީގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ހަރަކާތްތެރިވާ ވީޑިއޯ އެއް ވެސް ވަނީ ލީކުވެފައެވެ. އެމައްސަލައިގައި އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައެެވެ.

އަލަމްގީރު އާއެކު 200 އަށް ވުރެ ގިނަ މީހުން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް އަޑުފެތުރިފައިވާއިރު އޭނާ ވަނީ އެމީހުންނާއެ ގުޅުން ހިންގާ މަންޒަރު ވީޑިއޯ ކޮށްފައެވެ. އެ ވީޑިއޯތަކުގެ ފޮރެންސިކް އެނަލައިސިސް އިން ކަށަވަރުވާ އެންމެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަން ފުލުހުން ދަނީ މަސައްކަތްކުރަމުންނެެވެ.

އެނގިފައިވާގޮތުގައި އެމީހުން ހައްޔަރުކުރަން ބޭނުންވާ ކޯޓު އަމުރު ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. މިކަމާ ގުޅިހެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު