އިސްލާމީ އަދި ޤާނޫނީ ދައުލަތެއްގައި ޙުކުމްތައް ނެރޭނީ އެދައުލަތެއްގެ ރަސްމީ ނިޒާމުގެ ތެރެއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިހާރު އެންމެ ހޫނުކޮށް ހިނގަމުންދާ އެއް ބަހުސް ކަމަށްވާ ޔޯގާއާއި ބެހޭގޮތުން ސިޔާސީ ޕާޓީގެ ހައިސިއްޔަތުންނާއި އެކި ޖަމާއަތް ޖަމާއަތުގެ ހައިސިއްޔަތުންނާއި އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ދީނީ ފަތުވާތައް ނެރެ މުޅި ގައުމުގައި ބައިބައިވުން އުފެދެމުންދާ ދިއުމާމެދު ކަންބޮޑޫވުން ފާޅުކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ އިސްލާމީ އަދި ޤާނޫނީ ދައުލަތެއްގައި ޙުކުމްތައް ނެރޭނީ އެދައުލަތެއްގެ ރަސްމީ ނިޒާމުގެ ތެރެއިން ކަމަށާއި ވަކިވަކި ފަރުދުން އަމިއްލަ އަމިއްލައަކަށް ނޫން ކަމަށެވެ. އަދި ކޮންމެ މީހަކު ދައުލަތުގެ ނިޒާމުން ބޭރުން ކަންކަން ނިންމަން ފަށައިފިނަމަ ދައުލަތެއްގެ ބޭނުން ކެނޑިގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ނިޒާމެއް ނެތް ތަނެއްގައި ހަމަޖެހުމެއް، ރައްކާތެރިކަމެއް، އަދި މިނިވަންކަމެއްވެސް ނޯންނާނެއެވެ." އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވިއެވެ.
ރާއްޖޭގައި ދީނީ ގޮތުން އުފެދޭ ޚިޔާލު ތަފާތުވުންތަކުގައި ފަހު ބަސް ބުނުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހެއް ވަނީ އުފައްދާފައެވެ. އެހެން ނަމަވެސް ފަތުވާ މަޖިލީހުގެ ޒިންމާ އަދާނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ. އެތަނުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގާއިމުކޮށް، ދިވެހި މުޖުތަމައަށް ބޭނުންވާ ދީނީ ފަތުވާ ފޯރުކޮށްދިނުމެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަށް އެދޭ ދީނީ ކަންކަމުގައި، އެ މުއައްސަސާތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދިނުމާއި ރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުމަކީ ވެސް ފަތުވާ މަޖިލީހުގެ ޒިންމާ ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެެވެ.
ޔޯގާ މައްސަލައިގައި ފަތުވާ މަޖިލީހުން މިހާތަނަށް ފަތުވާ އެއް ނެރެފައެއް ނުވެއެެވެ. ދީނީ އިލްމްވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ ޔޯގާ ހަރަކާތް ގަލޮޅު ދަނޑުގައި ބާއްވަމުން ދަނިކޮށް ބަޔަކު މީހުން ވަނީ އެތަނަށް ވަދެ އެކަން ހުއްޓުވައި ހަމަނުޖެހުން ހިންގައި އެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާވެސްދީފައެވެ. އެކަމާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށް ފުލުހުން ގެންދަނީ އެމައްސަލަ ތަހުގީގް ކުރަމުންނެެވެ.

އިސްލާމީ އަދި ޤާނޫނީ ދައުލަތެއްގައި ޙުކުމްތައް ނެރޭނީ އެދައުލަތެއްގެ ރަސްމީ ނިޒާމުގެ ތެރެއިންނެވެ. ވަކިވަކި ފަރުދުން އަމިއްލަ އަމިއްލައަކަށް ނޫނެވެ.
— Waddey (@waddey_) July 28, 2022
"ނިޒާމެއް ނެތް ތަނެއްގައި ހަމަޖެހުމެއް، ރައްކާތެރިކަމެއް، އަދި މިނިވަންކަމެއްވެސް ނޯންނާނެއެވެ." އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވިއެވެ.
ރާއްޖޭގައި ދީނީ ގޮތުން އުފެދޭ ޚިޔާލު ތަފާތުވުންތަކުގައި ފަހު ބަސް ބުނުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހެއް ވަނީ އުފައްދާފައެވެ. އެހެން ނަމަވެސް ފަތުވާ މަޖިލީހުގެ ޒިންމާ އަދާނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ. އެތަނުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގާއިމުކޮށް، ދިވެހި މުޖުތަމައަށް ބޭނުންވާ ދީނީ ފަތުވާ ފޯރުކޮށްދިނުމެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަށް އެދޭ ދީނީ ކަންކަމުގައި، އެ މުއައްސަސާތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދިނުމާއި ރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުމަކީ ވެސް ފަތުވާ މަޖިލީހުގެ ޒިންމާ ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެެވެ.
ޔޯގާ މައްސަލައިގައި ފަތުވާ މަޖިލީހުން މިހާތަނަށް ފަތުވާ އެއް ނެރެފައެއް ނުވެއެެވެ. ދީނީ އިލްމްވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ ޔޯގާ ހަރަކާތް ގަލޮޅު ދަނޑުގައި ބާއްވަމުން ދަނިކޮށް ބަޔަކު މީހުން ވަނީ އެތަނަށް ވަދެ އެކަން ހުއްޓުވައި ހަމަނުޖެހުން ހިންގައި އެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާވެސްދީފައެވެ. އެކަމާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށް ފުލުހުން ގެންދަނީ އެމައްސަލަ ތަހުގީގް ކުރަމުންނެެވެ.
ކިޔުންތެރިންގެ ހިޔާލު