ރާއްޖެއަށް ހާއްސަކޮށް އެމެރިކާއިން ފުރަތަމަ ފަހަރަށް ސަފީރަކު އައްޔަންކުރުމަށް ނިންމައިފިއެވެ.
ރާއްޖޭގައި އެމްބަސީއެއް ހުޅުވަން ނިންމައި އެމެރިކާއިން އެކަން އިއުލާންކޮށްފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. ރާއްޖެއަށް އެމެރިކާ ސަފީރަކު ހަމަޖައްސަން ނިންމައިފައިވާއިރު ރާއްޖެއަށް ހާއްސަކޮށް އެމެރިކާ އިން ކަނޑައަޅާ ފުރަތަމަ ސަފީރުގެ މަގާމަށް އައްޔަންކުރެއްވުމަށް އެ ގައުމުގެ ރައީސް ޖޯ ބައިޑަން އިއްޔެ ބޭފުޅެއްގެ ނަން ވެސް ވަނީ ހުށައަޅުއްވާފައެވެ.
ވައިޓް ހައުސްއިން ބުނީ އެމެރިކާއިން ރާއްޖެއަށް ހާއްސަކޮށް ކަނޑައަޅާ ސަފީރުގެ މަގާމަށް ހޫގޯ ޔޫ-ހޯޔޮން އައްޔަންކުރެއްވުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ބައިޑެން ނިންމަވާފައިވާކަމަށެވެ.
ހޫގޯ ޔޫ-ހޯޔޮން މިހާރު ހުންނެވީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފީސް އޮފް ދަ އަންޑަސެކްރެޓަރީ އޮފް އިކޮނޮމިކް ގްރޯތު، އެނާޖީ އެންޑް އެނަވަޔަރަމަންޓުގެ އިސް މުޝީރުގެ މަގާމުގައެެެވެ. އޭނާ ވަނީ އިންޑިއާ، ޗައިނާ އަދި އިންޑޮނީޝިއާގައި ހުންނަ އެމެރިކާގެ އެމްބަސީގެ އިސް މަގާމުތަކެއް ވެސް މީގެ ކުރިން އަދާކުރަށްވާފައެވެ.
އެމެރިކާއިން މީގެ ކުރިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވަނީ އަވަށްޓެރި ލަންކާގައި ހުންނަވާ އެމެރިކާގެ ސަފީރެވެ. އެގޮތުން ރާއްޖޭގެ ކަންކަން ބަލަހައްޓަމުން ގެންގޮސްފައި ވަނީ ވެސް ކޮލަމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީންނެވެ. ނަމަވެސް، ރާއްޖޭގައި އެމްބަސީއެއް ހުޅުވަން ނިންމި ހިސާބުން އެމެރިކާއިން ވަނީ ރާއްޖެއަށް މިޝަން ހެޑެއް ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު