ޔޯގާގެ ހުކުމާއިމެދު ބަހުސް ކުރެވުމުންދާ ދަނޑިވަޅެއްގައި މި މައުޟޫއަށް އަލިއަޅުވާލައްވައި ކުރީގެ ރައީސް، އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް ހެއްދެވި ދިރާސާ ލިޔުމެއް އެމަނިކުފާނު އާންމުކުރަށްވައިފިއެެވެ.
"ޙަރާމްވާނީ ހަމައެކަނި މާތްﷲ ޙަރާމް ކުރެއްވި ކަންތައްތަކެވެ." މި މައުޟޫއަށް ރައީސް މައުމޫން ލިޔުއްވާފައިވާ ލިޔުމުގައި ޔޯގާއާ ގުޅޭގޮތުން ދެކެވަޑައިގަންނަވާ ރައުޔުވަނީ ހާމަކުރައްވާފައެވެ.
މި ލިޔުން އާއްމު ކުރައްވަމުން ރައީސް މައުމޫން، އިސްކޮށް ހުންނަވާ އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ނެރޭ މިފަދަ ރައުޔުތަކަކީ އިސްލާމީ އުސޫލުތަކާއި އެކަށޭނެ ދިރާސާއަކަށްވުރެ، ރައުޔު ނެރޭ ފަރާތުގެ އަމިއްލަ ވިސްނުމަށް ނެރޭ ރައުޔަކަށް ވެފައިވާ ކަމަށެވެ.
"ފަކަކަށް އައިސް ދިވެހި މުޖުތަމަޢުގައި އިޖުތިމާއީ އަދި ދީނީ ބައެއް ކަންކަމުގައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި، ޚިޔާލުތަފާތުވުމާއި ކަންބޮޑުވުން އުފެދޭ ގޮތަށް، ބައެއް ފަރާތްތަކުން ދީނީ ނަޒަރުން ރައުޔުތައް ނެރުން ވަނީ އާންމު ވެގެން ގޮސްފައެވެ. އަދި މިފަދައިން ނެރޭ ބައެއް ރައުޔުތަކަކީ އިސްލާމީ އުސޫލުތަކާއި، އެކަށޭނަ ދިރާސާއަށްވުރެ، އެ ރައުޔު ނެރޭ ފަރާތުގެ އަމިއްލަ ވިސްނުމަށް ބިނާކޮށް ނެރޭ ރައުޔުތަކަށް ވަނީ ވެފައެވެ." އެމްއާރުއެމުން ބުންޏެވެެ.
އެމްއާރުއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީ މިކަމުގައި ޤަބޫލު ކުރާ ހަމައަކީ ރައީސް މައުމޫންގެ ލިޔުމުގައި ބަޔާން ކުރާ ފަދައިން ޔޯގާއަކީ ޙަރާމް ކަމެއް ނޫން ކަމަށެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު ޢިލްމީ ތަފްސީލުތަކުގެ އަލީގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން "އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ" ގެ ނަމުގައި ކަރުދާހެއް އިއްޔެ ވަނީ ޢާންމު ކޮށްފައެވެ. އަދި އިލްމުވެރިންގެ ގުޅުމުގެ ފަރާތުން 104 ޝެއިޚެއްގެ ބަހާއެކު ޔޯގާއަކީ ޙަރާމް ކަމެއް ކަމަށް ވިދާޅުވެ، އިއްޔެ ވަނީ ފަތުވާއެއް ނެރެފައެވެ.
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ނެރުއްވި ފަތުވާގައި ވިދާޅުވީ ޙަރާމާއި ހުއްދަ ކަނޑައަޅުއްވާ ފަރާތަކީ ﷲ ކަމަށެވެ. އަދި ޙަރާމް ނުކުރައްވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމަށް ﷲ ކަނޑައަޅުއްވާފައިވާކަން ފާހަގަކުރަށްވައި ރައީސް މައުމޫން ވިދާޅުވީ އަދި މާތް ﷲ ޙަރާމް ކުރެއްވިކަން ސާބިތުނުވާ ކޮންމެ ކަމެއް ޙަރާމް ކަމެއްގެ ގޮތުގައި ނިންމުމުގެ ބާރު ނޯންނާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިއުޒިމް ކުޅުމާއި، އުފަންދުވަސް ފާހަގަ ކުރުމާއި ޔޯގާފަދަ ސިއްހީ ދުޅަހެޔޮކަމަށް ކުރާ ކަސްރަތު ކުރުމަކީ ޙަރާމްކަމެއް ކަމަށް ނުބުނެވޭނެ ކަމަށެވެ. އެކަންކަން ޙަރާމްވާނީ، އެކަން ކުރުމުގައި ޙަރާމް ކަމެއް އެކުލެވިގެންވާނަމަ، ނުވަތަ ޙަރާމް ކަމަކަށް އަރައިގަންނަން ބޭނުން ކުރެވޭ ވަސީލަތަކަށް ކަމުގައިވާނަމަ ކަމަށް އެ ލިޔުމުގައި މައުމޫން ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫނަކީ ދީނީ ފަތުވާ ނެރުމުގެ ހުއްދަ އޮންނަ ބޭފުޅެކެވެ. އެމަނިކުފާނު ދީނީ ތައުލީމް ހާސިލް ކުރެއްވީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީންނެވެ. ދީނީ ލިއުންތައް ލިއުއްވުމާއި ތަގުރީރާއި ނަސޭހަތް ދެއްވުމާއި ވައުޟު ވިދާޅުވުމުގައި ދިވެހި ރާއްޖޭގައި މަޝްހޫރު އަދި މަގުބޫލު ބޭފުޅެކެވެ.

ނޫސްބަޔާން: އިޖުތިމާޢީ އެކިއެކި ހަރަކާތްތަކާއި އިސްލާމް ދީނާއި ގުޅުވައި ރައްޔިތުންގެ މެދުގައި ފަތުރާ ބައެއް ރައުޔުތަކާއި ގުޅިގެން އެމް.އާރް.އެމް. އިން ދެކޭ ގޮތް ހާމަކުރުން
— Maldives Reform Movement (MRM) 🇲🇻 (@MRM_Office) July 27, 2022
ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ދިރާސާ ލިޔުން ވިދާޅުވުމަށް:https://t.co/IIfJwa9g5g
1/2 pic.twitter.com/bYQVb3KONr
އެމްއާރުއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީ މިކަމުގައި ޤަބޫލު ކުރާ ހަމައަކީ ރައީސް މައުމޫންގެ ލިޔުމުގައި ބަޔާން ކުރާ ފަދައިން ޔޯގާއަކީ ޙަރާމް ކަމެއް ނޫން ކަމަށެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު ޢިލްމީ ތަފްސީލުތަކުގެ އަލީގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން "އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ" ގެ ނަމުގައި ކަރުދާހެއް އިއްޔެ ވަނީ ޢާންމު ކޮށްފައެވެ. އަދި އިލްމުވެރިންގެ ގުޅުމުގެ ފަރާތުން 104 ޝެއިޚެއްގެ ބަހާއެކު ޔޯގާއަކީ ޙަރާމް ކަމެއް ކަމަށް ވިދާޅުވެ، އިއްޔެ ވަނީ ފަތުވާއެއް ނެރެފައެވެ.
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ނެރުއްވި ފަތުވާގައި ވިދާޅުވީ ޙަރާމާއި ހުއްދަ ކަނޑައަޅުއްވާ ފަރާތަކީ ﷲ ކަމަށެވެ. އަދި ޙަރާމް ނުކުރައްވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމަށް ﷲ ކަނޑައަޅުއްވާފައިވާކަން ފާހަގަކުރަށްވައި ރައީސް މައުމޫން ވިދާޅުވީ އަދި މާތް ﷲ ޙަރާމް ކުރެއްވިކަން ސާބިތުނުވާ ކޮންމެ ކަމެއް ޙަރާމް ކަމެއްގެ ގޮތުގައި ނިންމުމުގެ ބާރު ނޯންނާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިއުޒިމް ކުޅުމާއި، އުފަންދުވަސް ފާހަގަ ކުރުމާއި ޔޯގާފަދަ ސިއްހީ ދުޅަހެޔޮކަމަށް ކުރާ ކަސްރަތު ކުރުމަކީ ޙަރާމްކަމެއް ކަމަށް ނުބުނެވޭނެ ކަމަށެވެ. އެކަންކަން ޙަރާމްވާނީ، އެކަން ކުރުމުގައި ޙަރާމް ކަމެއް އެކުލެވިގެންވާނަމަ، ނުވަތަ ޙަރާމް ކަމަކަށް އަރައިގަންނަން ބޭނުން ކުރެވޭ ވަސީލަތަކަށް ކަމުގައިވާނަމަ ކަމަށް އެ ލިޔުމުގައި މައުމޫން ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫނަކީ ދީނީ ފަތުވާ ނެރުމުގެ ހުއްދަ އޮންނަ ބޭފުޅެކެވެ. އެމަނިކުފާނު ދީނީ ތައުލީމް ހާސިލް ކުރެއްވީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީންނެވެ. ދީނީ ލިއުންތައް ލިއުއްވުމާއި ތަގުރީރާއި ނަސޭހަތް ދެއްވުމާއި ވައުޟު ވިދާޅުވުމުގައި ދިވެހި ރާއްޖޭގައި މަޝްހޫރު އަދި މަގުބޫލު ބޭފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު