މާލޭގެ މިސްކިތަކުން ވައްކަން ކުރަން އުޅުނު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ރޭ ޖަލާލުއްދީން މިސްކިތުން ވައްކަން ކުރަން އުޅުނު ދެ މީހަކު ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ މިސްކިތްތައް ބެލެހެއްޓުމަށް ސިޓީ ކައުންސިލުން ގާއިމުކޮށްފައިވާ ސީސީޓީވީ ނިޒާމުގެ އެހީގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.



މުއިއްޒު ވިދާޅުވީ މިސްކިތްތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ސިޓީ ކައުންސިލުން މިހާރު ވަނީ މާލޭގެ ބައެއް މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށްފައެވެެ.



ކިޔުންތެރިންގެ ހިޔާލު