ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ފޯމް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ގެދޮރުވެރިން ޕޯޓަލަށް މިހާތަނަށް 7000 އަށްވުރެ ގިނަ ފޯމް ލިބިފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މިދިޔަ ޖޫންމަހު ތައާރަފްކޮށްފައިވާ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ގެދޮރުވެރިން" ޕްރޮގްރާމް ގެ ދަށުން މިހާތަނަށް ވަނީ ދެ ސްކީމެއް ތައާރަފްކޮށްފައެވެ. އެއީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށްގެންދާ "ބިންވެރިޔާ ސްކީމް" އާއި މާލެ ސަރަޙައްދުން ފްލެޓް ދިނުމަށް ޚާއްސަކޮށްފައިވާ "ގެދޮރުވެރިޔާ ސްކީމް" އެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލުމަށް "ގެދޮރުވެރިން ޕޯޓަލް" ވަނީ ލޯންޗުކޮށްފައެެވެ.
ހައުސިންގ މިނިސްޓްރީން ބުނީ މިހާތަނަށް އެ ޕޯޓަލް މެދުވެރިކޮށް 7308 ފޯމް ލިބިފައިވާކަމަށެެވެ. ސަރުކާރުން ތައާރަފްކޮށްފައިވާ ސްކީމްގެ ސަބަބުން ފްލެޓް ފޯމްލުމަށް ދިގު ކިޔޫތަކުގައި ތިބުމުގެ ބަދަލުގައި އޮންލައިންކޮށް ފޯމް ހުށަހެޅޭނެއެވެ.
މިޕޯޓަލް މެދުމެރިކޮށް ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ޝަރުތުތަކާއި އަދި އުސޫލުތަކާއި ގުޅޭ މަޢުލޫމާތު ލިބޭނެއެވެ. އަދި ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ފަސޭހަކަމާއެކު ހުށައެޅޭނެއެވެ. މީގެއިތުރުން މި ޕޯޓަލް ފަރުމާކޮށްފައިވަނީ ސުންގަޑި ހަމަވުމާއި ހަމައަށްވެސް ހުށަހަޅާފައިވާ ފޯމުތަކަށް، އެފޯމެއް ހުށަހެޅި ފަރާތުން ބޭނުންވާ އުނިއިތުރު ގެނެވޭނެހެންނެވެ.
ފޯމް ހުށަހެޅުމުގެ ފުރުޞަތު 26 ސެޕްޓެމްބަރުގެ ނިޔަލަށް އޮންނާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ޕޯޓަލަށް ފޯމު ހުށައެޅުމުން އެ މަސައްކަތް ކުރިއަށްދާގޮތުގެ ނޮޓިފިކޭޝަން، އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ލިބޭނެ ފީޗަރތައްވެސް މިޕޯޓަލްގައި ހިމެނެއެވެ. މި ޕޯޓަލްގެ ލޮގިންއަކީ https://gedhoruverin.gov.mv/ އެވެ.
ސަރުކާރުން އިއުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗެވެ. އަދި އެ ފްލެޓްތަކާއި ގޯއްޗަށް ކުރިމަތިލުމުގެ އުސޫލުތައްވެސް ވަނީ މިހާރު އާއްމުކޮށްފައެވެ.
މީގެ ތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައިވަނީ ގުޅީފަޅުންނެވެ.
މި ޕްރޮގްރާމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ ތިން މިލިޔަން ހަތް ލައްކަ ފަންސާސް ހާސް އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ދޫކުރާ ގޯތީގެ ބޮޑުމިން ކަނޑައަޅާނެ އުޞޫލު:-
* އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓު
* ޖޮއިންޓް އެޕްލިކޭޝަނެއްނަމަ، އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެ
* 7 މީހުންނަށްވުރެ ގިނަ މީހުން އެއްކޮށް ބައިވެރިވާނަމަ ޖުމްލަ 4،000 އަކަފޫޓު
ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:-
* މާލޭގެ ރައްޔިތެއްކަމުގައިވުން
* 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
* މާލޭ ސަރަޙައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް ނެތުން
* 600 އަކަފޫޓަށްވުރެ ބޮޑުތަނެއް ރަޖިސްޓްރީވެފައިވާނަމަ، އެތަނެއް ދޫކޮށްލަން އެއްބަސްވުން
* އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނެތުން
* ވާރުތައިން ލިބެންއޮންނަ ތަނެއް ދޫކޮށްލަން އެއްބަސްވުން
* އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައިނެތުން
ފްލެޓަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:-

* މާލޭގެ ރަށްވެއްސަކަށްވެފައިވާތާ ނުވަތަ ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތެއްކަމުގައިވުން
* އެއްވެސް މަޝްރޫޢަކުން މީގެކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ނެތުން
* މާލޭ ސިޓީން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ޔުނިޓެއް/ބިމެއް ތަނެއް ގަނެފައިވާ ފަރާތަކަށްނުވުން
* ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ވިއްކާފައިނެތުން
* މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 60،000 ރުފިޔާއަށްވުރެ ބޮޑުނުވުން
މި 2 ސްކީމަށް ޝަރުތު ހަމަވިނަމަވެސް، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ އެ ފަރާތަކުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ސްކީމަކަށްކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު