ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފުން މަރުހަބާ ކިޔައިފިއެވެ.
އައި.އެމް.އެފްގެ ފަރާތުން ސަރުކާރުގެ މާލީ ސިޔާސަތުތަކަށް މަރުހަބާ ކިޔާފައި ވަނީ އައިއެމްއެފްގެ މިޝަނެއް މިދިޔަ ޖޫންމަހުގެ 21 އިން 29އަށް ރާއްޖެއަށް ކުރި ދަތުރަށްފަހު ނެރުނު ބަޔާނުގައެވެ.
އައިއެމްއެފްގެ ބަޔާނުގައި ބުނީ ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމަށާއި ސަބްސިޑީސް ރީފޯމްކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ސަރުކާރުގެ މާލީ ސިޔާސަތު ހަރުދަނާކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި ކޯވިޑް-19 އަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ރަނގަޅުވެ، ޤައުމުގެ އިޤްތިޞާދު ކުރިއަރަމުންދާކަމަށާއި އިޤްތިޞާދު ރަނގަޅުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ދައުލަތުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކާއި، ރައްޔިތުންނާ ހަމައަށް ވެކްސިން ފޯރުކޮށްދިނުން އަވަސްކުރުންކަން އައިއެމްއެފުން ފާހަގަކޮށްފައިވެއެވެ.
އައިއެމްއެފުން ބުނީ ރަޝިއާއާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިއާ ފަތުރުވެރިންގެ އަދަދު މަދުވި ނަމަވެސް ޔޫރަޕުގެ އެހެން ޤައުމުތަކުގެ ފަތުރުވެރިން އައުން އިތުރުވުމާއި ގުޅިގެން ދަށްވި ބައި ފޫބެއްދިފައިވާކަމަށެވެ.
އައިއެމްއެފުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އިޤްތިޞާދު މިއަހަރު 8.7 އިންސައްތަ ކުރިއަރާނެއެވެ. މީގެއިތުރުން ސަރުކާރުން ސަބްސިޑީ ރީފޯމްކުރުމަށްޓަކާ، އެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް 2023ވަނަ އަހަރު ގެނައުމަށް ނިންމާފައިވާތީ އައި.އެމް.އެފުން ވަނީ މަރުޙަބާ ކިޔާފައެވެ. އަދި އެއީ ސަރުކާރުގެ މާލީ ސިޔާސަތު ހަރުދަނާކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއްކަން އައި.އެމްއެފުން ވަނީ ފާހަގަކޮށްފައެވެ.
ކެޕިޓަލް ޚަރަދު ބޮޑުވެ، ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވަމުންދާތީއާއި ލޯނު އިންޓްރެސްޓަށް ކުރާ ޚަރަދު އިތުރުވަމުންދާތީ ރާއްޖޭގެ މާލީ ހާލަތާއި އެކްސްޓަރނަލް ސެކްޓަރ ވަލްނަރަބިލިޓީސް ބެލެންސް އޮފް ޕޭމަންޓް އަދި ރިޒާރވާ ގުޅުންހުރި ރިސްކް ވަރަށް ބޮޑަށް ބޮޑުވެފައިވާކަން އައި.އެމް.އެފުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މިހާރު ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަކީ، އެ މަޝްރޫޢުތަކުގެ ސަބަބުން އިޤްތިޞާދަށް އޭގެ އެދެވޭ ނަފާ ކުރާނެ، އަދި މެދުރާސްތާގައި އިޤްތިޞާދީ ދުވެލި ކުރިއެރުމަށް އެހީތެރިވެދޭނެ މަޝްރޫޢުތަކެއްކަން ދިވެހި ސަރުކާރުން ފާހަގަކުރެއެވެ.
އައިއެމްއެފްގެ ބަޔާނުގައި ބުނީ ކޯވިޑަށްފަހު އިޤްތިޞާދު ރަނގަޅުވުމާއި ގުޅިގެން ދައުލަތުގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ކޯވިޑުގެ އެންމެ ގޯސް ޙާލަތުގައި ހުރި މިންވަރާ އަޅާބަލާއިރު ދަށްވެފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު