އާންމު ރައްޔިތުން އަތުން ނަގާ ބައެއް ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަށް ތާއީދު ކުރައްވާކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، އައްޑޫ ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިމަހުގެ 5 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީޖީއެސްޓީ އަދި ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން ފިނޭންސް މިނިސްޓަރު ވަނީ ހާމަ ކުރައްވާފައެވެ. އެ ދުވަހު ސަރުކާރުން ބުނެފައިވަނީ ދުނިޔޭގެ އިގުތިސާދަށް މިހާރު އަންނަމުންދާ ނޭދެވޭ ބަދަލުތަކާއެކު ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތައަށް އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.
މި ނިންމުމަށް ތާއީދު ކުރައްވާ ޝަރީފް މިއަދު ވިދާޅުވީ، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅެއްގެ ގޮތުން ޖީއެސްޓީ އަދި ޓީޖީއެސްޓީ އިތުރުކުރުމަކީ ތާއިދުކުރައްވާ ކަމެއް ކަމަށެވެ. އަދި ސަރުކާރުން މިއެޅި ފިޔަވަޅަކީ މިހާލަތުގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން، ތެލާއި އަސާސީ އެހެން ވަރަށް ގިނަ ތަކެތީގެ އަގު އުފުލުމާއި ގުޅިގެން ސަރުކާރުން ސަބްސިޑީއަށް ވެސް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރަން ޖެހިފައިވާ ކަމަށާ އެހެންކަމުން ރާއްޖޭގެ އިގުތިސާދު ދެމެހެއްޓުމަށްޓަކައި ދައުލަތުގެ އާމްދަނީ އިތުރުކޮށް ދައުލަތުން ކުރަންޖެހޭ ހަރަދު ކުޑަ ކުރަން ޖެހޭނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 ގެ ސަބަބުންނާއި، ރަޝިޔާ ޔޫކްރޭން ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިގުތިސާދަށް ވެސް ދަނީ ނުރަނގަޅު ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބައެއް ގައުމުތައްވަނީ ބަނގުރޫޓް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު