ޔޯގާ ހުއްދަވާނެ އެއްވެސް ގޮތެއް ނެތްކަމަށް ވިދާޅުވެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ރައީސް އަލްއުސްތާޛް މައުމޫނު ޢަބްދުލް ޤައްޔޫމަށް ރައްދު ދެއްވައިފި އެވެ.
ޔޯގާ ހެދުމާ ބެހޭގޮތުން ރާއްޖޭގައި މިހާރު ކުރެވެމުންދާ ބަހުސާއި ގުޅިގެން އަދާލަތު ޕާޓީގެ ގިނަ އިލްމުވެރިންތަކެއް، ޔޯގާ އަކީ ހަރާމް ކަމެއްކަމަށް ބުނެ ނެރުނު ފަތުވާ ރަށްދު ދެއްވައި ކުރީގެ ރައީސް މައުމޫން ނެރުއްވި ފަތުވާއަށް ފާޑުވިދާޅުވަމުން ޒައިދު ވިދާޅުވީ، ޔޯގާ ފަތުރަން ހިންދޫއިން އެވަރަށް މަސައްކަތް ކުރާ ސަބަބާ މެދު ވިސްނާލަންޖެހޭ ކަމަށެެވެ. އޭނާ ވިދާޅުވީ، ހަށިގަނޑާއި ނަފްސުގެ ދުޅަހެޔޮކަމަށް ކަސްރަތު ކުރުމަކި މައްސަލައެއް ނޫން ކަމަށެވެ.
ނަމަވެސް ޔޯގާ އަކީ ހިންދޫގެ ބާތިލު އިރުގެ ކަލާނގެ ފަލްސަފާގެ މައްޗަށް އޮތް ކަސްރަތެއް ކަމަށާ އެހެންކަމުން އެކަން ހުއްދަވާނެ އެއްވެސް ގޮތެއް ނެތްކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި ރައީސް މައުމޫން އިއްޔެ ވިދާޅުވީ، ޝިރުކުގެ އަމަލެއް ނުހިމެނޭނަމަ، ކަސްރަތުގެ ގޮތުގައި ޔޯގާ ހެދިދާނެކަމަށެވެ. އަދި އެއީ ހަރާމްކަމެއް ނޫންކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
މިކަމުގައި ރައީސް ނަޝީދު ވެސް ވަނީ ހިޔާލު ފާޅު ކުރައްވާފައެވެ. އެމަނިކުފާނު ވެސް ވިދާޅުވީ ޔޯގާ އަކީ ހަރާމްކަމެއްކަމަށް އިލްމުވެރިންގެ ރައުޔެއް ނެތްކަމަށެވެ.
ޔޯގާގެ މައްސަލައިގައި ބަހުސް ހޫނުވެފައި މިވަނީ، ރާއްޖޭގައި އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަ ކުރަން ބޭއްވި ހަރަކާތައް ބަޔަކު ހުރަސްއަޅައި ހުއްޓުވި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ނިންމައިފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު