ހުޅުމާލޭ ފަޅަށް ވަންނަން މަސައްކަތްކުރި ލޯންޗެއް ބޭރުތޮށީގައިޖެހި ހިނގި ހާދިސާއެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ 8:30 ހާއިރު ހިނގި މި ހާދިސާގައި ބޭރު ތޮށީގައި ޖެހިފައިވަނީ ހުޅުމާލެއަށް ވަންނަންދިޔަ “ލީޖަން5” ނަމަކަށްކިޔާ ލޯންޗެކެވެ. އަދި މި ހާދިސާގެ މައުލޫމާތު ލިބިގެން މެރިން ޕޮލިހުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މީގެއިތުރުން މި ހާދިސާގައި ލޯންޗުން ދަތުރުކުރި ދެމީހަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު