ސަރުކާރުން ދެމުން އަންނަ ތެލުގެ ސަބްސިޑީ ކަނޑާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ނިއްމެވި ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
މަބުރޫކް މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު މިއަދު ގައުމާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ތެލުގެ ސަބްސިޑީ ދެމުން އަންނަ ގޮތް ބަދަލު ކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވުމާއި ގުޅިގެން ބައެއް މީޑިޔާތަކުން ފެތުރި ޚަބަރު ދޮގުކުރަށްވައި މައުލޫމާތު ދެެއްވަމުންނެެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ސަބްސިޑީ ކަނޑާލުމަށް ސަރުކާރުން ނިންމި ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި، ސަބްސިޑީ ކަނޑާލުމަށް ނިއްމެވި ކަމަށް ރައީސް ވިދާޅުވެފައި ނުވާ ކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، ރައީސް ދެއްކެވީ ތެލުގެ ސަބްސިޑީއަށް ބަދަލު ގެންނަންޖެހޭ ވާހަކަފުޅު ކަމަށާއި، އެކަމާ ގުޅޭ ތަފްސީލްތައް ފަހުން ހިއްސާ ކުރަށްވާނެ ކަމަށެވެ.
އަދި ހަގީގަތާއި ހިލާފު ވާހަކަތައް މީޑިއާގައި ހިއްސާ ނުކުރުމަށް ވެސް މަބްރޫކް ވަނީ އެދިވަޑައިގެންފަ އެވެ.
މިނިވަން ދުވަހުގެ މުނާސަބާތުގައި ގައުމާ މުޚާތަބު ކުރަށްވަމުން ރައީސް ސާލިހު ވިދާޅުވީ ތެލުގެ އަގު ބޮޑުވާކަމުގެ އިޙްސާސް ރައްޔިތުންނަށް ނުކުރެވޭ އެންމެބޮޑު ސަބަބަކީ ތެލުގެ އަގު ބޮޑުވުމުގެ ބުރަ ސަރުކާރުން އުފުލާތީކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ، އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލުކުރުން މުހިއްމު ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި އެކަމުގެ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"މިބަދަލު ތަފްޞީލުކޮށް، ތަންޒީމުކޮށް، ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފެށި ވާހަކަ ދަންނަވަން. މިއީ ދުޅަހެޔޮ އިޤްތިޞާދީ އޮމާން ދުވެލީގެ، ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާޞިލުވުމަށް، މިވަގުތު ކޮންމެހެން އުފުލަންޖެހޭ ބުރައެއް،" ރައީސް ސާލިޙު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު