ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

މީސްމީޑިއާ މެދުވެރިކޮށް އެމަނިކުފާނު މިއަދު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ދިވެހިރާއްޖޭގެ ފަޚުރުވެރި 57 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރައްވާފައި ވެއެވެ. އަދި ކީރިތި ﷲ މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލެހެއްޓެވުން އެދި ޤާސިމް އިބްރާހީމްގެ މެސެޖުގައި ވަނީ ދުއާ ކުރަށްވާފައި ވެއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މި ދުވަހަކީ އިނގިރޭސީންގެ އަތްދަށުން ސަލާމަތްވެ ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަން ގައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔަ ތާރީހީ މުނާސަބާ ފާހަގަ ކުރުމަށް ކޮންމެ އަހަރަކު ވެސް ގައުމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހެކެވެ.

އެހެން އަހަރުތަކާ ހިލާފަށް، ހަރަދު ކުޑަ ކުރުމުގެ ގޮތުން މި އަހަރުގެ މިނިވަން ދުވަހުގެ ބައެއް ހަރަކާތްތައް ނުބާއްވާގޮތަށް ހަމަޖެއްސިނަމަވެސް، މިއަދު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު