ޔޯގާ ހެދުން ނުވަތަ ޔޯގާ އަކީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށާއިި އެކަމުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުން ނިއްމި ނިއްމުމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ތައުރީފް ކުރަށްވައިފިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން މިރޭ ވަނީ ޔޯގާ ހެދުމާއި ގުޅޭގޮތުން ޢިލްމުވެރިންގެ ދިރާސާއެއްކޮށް، ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމަށް ނިއްމައި ކަރުދާހެއް އާންމުކޮށްފައެވެ. އެފަތުވާގައި ޖުމުހޫރީ އިލްމްވެރިންގެ ރައުޔު ވެސް ވަނީ ހިމަނާފައެވެ.

މައުލޫމާތު ހޯއްދެވި މަސްދަރުތައް ވެސް ހިމަނާފައިވާ، އަދާލަތުގެ ކަރުދާސް، ޓްވިޓާގައި ހިއްސާކުރައްވަމުން އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެ ނިއްމުމަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވާފައެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެއީ ވަރަށް އިލްމީ މަސައްކަތެއް ކަމަށެވެ.



އަދާލަތު ޕާޓީން ބުނީ ޔޯގާގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެ ބަޔާންވެގެން ދިޔަހިނދު، އިސްލާމީ ދިވެހި މި ދީބުގައި މިފަދަ ކަމެއް ފެތުރި އާއްމުވެ ދިޔަނުދިނުމަށް އިންތިހާއަށް ސަމާލުވާންޖެހޭ ކަމަށެވެ. އެގޮތުން މިކަންކަމަށް ސަމާލުވެ އިސްލާމީ އަސާސްތަކާއި އުސޫލުތައް ހިފަހައްޓާ ނެގެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އަށާއި ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި ރައްޔިތުންނަށް އެޕާޓީން ވަނީ އިލްތިމާސްކޮށްފަަ އެވެ.



ކިޔުންތެރިންގެ ހިޔާލު