ޚަރަދު ކުޑަކުރަން މިއަހަރުގެ މިނިވަންދުވަސް ފާހަގަނުކުރުމަށް ސަރުކާރުން ނިންމުމުން ވެސް އެގޮތް ކަމުނުގޮސްގެން މާލޭ ސިޓީ ކައުންސިލުން ފާޑުކިޔައިފިއެވެ.
މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ރޭވި ގިނަ ހަރަކާތްތަކެއް ސަރުކާރުން ކެންސަލްކުރުމާއި ގުޅިގެން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވި ރާއްޖޭގައި މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދަނީ ބައެއްގެ އަޅުވެތިކަމުގެ ދަށުގައި އޮތުމުންކަމަށެވެ.
ނަމަވެސް ސަރުކާރުން ބުނީ މިނިވަން ދުވަހުގެ ހަރަކާތްތައް ކެންސަލްކުރީ ހަރަދުކުޑަކުރުމުގެ ގޮތުންކަމަށެވެ.
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަޜީޝް ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ނަމުގައި ނަމަވެސް މިނިވަންދުވަސް ފާހަގަ ނުކުރަން ނިންމުމުން ސާފުވަނީ އެންމެ ކަމެއްކަމަށާއި އެއީ ދިވެހިރާއްޖެ މިއޮތީ އަޅުވެތިވެފައި ކަމަށެވެ. އަދި އެކަން ސަރުކާރުގެ ވެރިންވެސް ޤަބޫލުކުރާކަމާއި މިނިވަންދުވަސް ދެން މިގައުމުގައި ފާހަގަކުރެވޭނީ އަލުން މިނިވަންްކަން ހޯދާފައިކަމަށްވެސް ނަޜީޝް ވިދާޅުވިއެވެ.
"ހަރަދު ކުޑަކުރުމުގެ ނަމުގައި ނަމަވެސް މިނިވަންދުވަސް ފާހަގަ ނުކުރަން ރައީސް ނިންމީތީ ސާފުވަނީ އެންމެ ކަމެއް! އެއީ ދިވެހިރާއްޖެ މިއޮތީ އަޅުވެތިވެފައި ކަމަށް ޙުދު އެމަނިކުފާނުވެސް ޤަބޫލުކުރާކަމާއި މިނިވަންދުވަސް ދެން މިގައުމުގައި ފާހަގަ ކުރޭވޭނީ އަލުން މިނިވަންްކަން ހޯދާފައިކަން." ނަރީޝް ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިނިވަންދުވަހުގެ މުނާސަބަތުގައި ހޯމް މިނިސްޓްރީން މިހާރު ނިންމާފައިވަނީ ހަމައެކަނި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވުމަށެވެ. އެރަސްމިއްޔާތު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު ހައެއް ޖަހާއިރު ޖުމްހޫރީ މައިދާނުގައެވެ. އަދި އެ ދުވަހު ބާއްވަން ރޭވި ފުޅަނދުބުރު ވެސް ވަނީ ކެންސަލްކޮށްފައެވެ.
މާލޭގައި އެންމެ ފަހުން މިނިވަންދުވަހާ ގުޅިގެން ފުޅަނދުބުރެއް ބޭއްވީ މީގެ 3 އަހަރުކުރިން 2019 ވަނަ އަހަރުއެވެ. މިނިވަން ދުވަހާއި ގުޅިގެން ބާއްވާ ފުޅަނދު ބުރު ކެންސަލް ކޮށްފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމާއި ގުޅިގެން ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ވަނީ މުއައްސަސާތަކަށް އަންގާފައެވެ.
މި ނިންމުން ނިންމައި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ ނެރެފައިވާ މާލިއްޔަތާބެހޭ ސާކިއުލާއެއްގައި ބުނެފައިވަނީ، މިހާރު ކުރިއަށްދާ ރަޝިއާ ޔޫކްރޭން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު ބޮޑުވުވުމުގެ ސަބަބުން، އާ މުވައްޒަފުން ނުނަގައި އަދި މުސާރަ ބޮޑުވާ ގޮތަށް ޕޮރޮމޯޝަން ވެސް ދިނުން ހުއްޓާލާ ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު