ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަކީ މިސަރުކާރުގެ މިނިސްޓަރެއްކަމާއިމެދު ވެރިކަންކުރާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސުވާލު އުފައްދަވައިފިއެވެ.
އާޒިމް މިފަދަ ސުވާލެއްކޮށްފައި މިވަނީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ސަރުކާރުގެ ވެރިންނާއި ރައީސުލްޖުމްހޫރިއްޔާއާ ގުޅޭގޮތުން ކުރެއްވި ޓްވީޓަކާއި ގުޅިގެނެވެ. އެގޮތުން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ވެރިންނާއި ރައީސް ރަނގަޅަށް މަސައްކަތްނުކުރައްވާނަމަ ގައުމު ރަނގަޅުނުވާނެކަމަށެވެ. އަދި ރައީސް އިޚުލާސްތެރިވެފައި ސަރުކާރުގެ ވެރިންރަނގަޅަށް މަސައްކަތް ނުކުރާ ނަމަ ގައުމު ރަނގަޅު ނުވާނެ ކަމަށް ވެސް އިމްރާން ވިދާޅުވެފައި ވެއެވެ.
އިމްރާންގެ ޓްވީޓާއި ގުޅިގެން އާޒިމް ވަނީ ސުވާލުތަކެއް އުފައްދަވާފައެވެ. އެގޮތުން އާޒިމް ވަނި ސަރުކާރަށް ނިސްބަތްކޮށް އެއްޗެއް ވިދާޅުވާއިރު އިމްރާނަކީ ސަރުކާރު ހިންގަވަން ހުންނެވި ބޭފުޅެއް ނޫންތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި ހޯމް މިނިސްޓަރަކަށްވެސް ހުންނެވީ އިމްރާން ނޫންތޯއޭ އާޒިމް ސުވާލުކުރެއްވިއެވެ.
"ތިއީ ސަރުކާރު ހިންގަވަން ހުންނެވި ބޭފުޅެއް ނޫންތޯ؟ ތިއީ ހޯމް މިިނިސްޓަރ ތޯ؟" އާޒިމް ސުވާލުކުރައްވާފައިވެއެވެ.
އިމްރާން މިފަދައިން ވިދާޅުވީ ކީއްވެކަމެއް ސާފެއް ނުވެއެވެ. ނަމަވެސް މިފަހަކަށް އައިސް އޭނާގެ ފަރާތުން ތަފާތު ޓްވީޓްތަކެއް ފެންނަމުންދާކަން ފާހަގަކޮށްލެވެއެވެ.
ޔޯގާ ޑޭގެ ހަމަނުޖެހުމާއި ގުޅިގެން އިމްރާން މަގާމުން ވަކިކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، ޔޯގާ ޑޭގެ ހަމަނުޖެހުންތައް ތަހުގީގުކުރުމަށް އެކުލަވާލި ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގައިވެސް އޭނާ ހިމަނުއްވާފައެއް ނުވެއެވެ. މީގެއިތުރުން އިމްރާނަކީ ސަރުކާރު ހިންގާ އެމްޑީޕީގެ އިސްބޭފުޅުންގެ ނުރުހުން ވަރަށް ބޮޑަށް އޮންނަ ބޭފުޅެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު