އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް, ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފިއެވެ.
ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގާ ގިނަ ބައެއްގެ މައްސަލަ ފެންމަތިވެފައިވާ މި ދަނޑިވަޅުގައި ސަނީފު އިއްޔެ ވަނީ ދިވެހިރާއްޖެ އާއި ދިވެހިންގެ މުސްތަގުބަލަށްޓަކައި އެއްޖިންސުން ގުޅުން ހިންގާ އެންމެހާ ފަރާތްތަކުގެ މައްސަލަ ބަލައި ގާނޫނުގައި ބުނާ އެންމެ ހަރުކަށި އަދަބު ދިނުމަށް ދިވެހި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލަށް ގޮވާލާފައެވެ.
އަދި އެކަން ނުބަލާނަމަ ކޮންމެ ފަދަ މުސީބާތެއް ވެސް އަޅުގަނޑުމެންނާއި ކުރިމަތިވެދާނެ ކަމަށްވެސް ސަނީފް ވަނީ ވިދާޅުވެފައެވެ. ސަނީފުގެ އިތުރުން ސަރުކާރަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން މީގެ ކުރިންވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސިޔާސީ މައިދާނުގައި އިސްކޮށް އުޅުނު ބައެއް ފަރާތްތައް ވެސް ހިމެނޭހެން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއާއި ފޮޓޯތަކެއް ވަނީ ލީކު ކޮށްލާފައެވެ. މިފަހުން ފަޅާއެރި އެމައްސަލަތަކާ ގުޅޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރި ފުލުހުން ހައްޔަރު ކޮށްފައި ވީނަމަވެސް، ދެން އެ މައްސަލާގައި ހިމެނޭ އިތުރު މީހަކު މިހާތަނަށް ފުލުހުން ހައްޔަރު ކޮށްފައެއް ނުވެއެވެ. އެހެންކަމުން ފުލުހުންނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
އެންމެފަހުން އާންމުވި މައުލޫމާތުގައި، އަލަމްގިރިއާއެކު 250 އެއްހާ މީހުން ވަނީ އެއްޖިންސުން ގުޅުން ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު