އިސްލާމީ ގައުމުތަކުގެ މެދުގައި ރާއްޖެއަށް ލިބިފައި އޮންނަ ޝަރަފާ ކަރާމާތް ރައްކާތެރިކޮށް ދަމަހައްޓަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެެެއެވެެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގުމާއި ފާހިޝް ބޮޑެތި ފާފާތަކަށް އަރައިގަތުން ފަދަ މައްސަލަތައް އިތުރުވެ އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ އެކަމާ މެދު ކަންބޮޑުވުން ހިއްސާ ކުރަށްވަމުންނެވެެ. އެކަމަށް އިޝާރަތް ކުރަށްވައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ‏އެއް ޖިންސުން ގުޅުން ހިންގާ ފަރާތްތަކާ މެދު ޝަރުޢީ، ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ އިސްލާމީ އުޞޫލުތައް ދަމަހައްޓަންޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.



"އިސްލާމީ އުންމަތުގައި ރާއްޖެއާމެދު ދެކޭ ގޮތާއި އިސްލާމީ ޤައުމުތަކުގެ މެދުގައި ރާއްޖެއަށް ލިބިފައި އޮންނަ ޝަރަފާއި ކަރާމަތު ރައްކާތެރިކޮށް ދަމަހައްޓަންޖެހޭ،" ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ކަން ކުރެއްވި ޑރ. ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލަތަށް އިތުރުވެ އެފަދަ ވީޑިއޯ ތަކާއި ފޮޓޯތައް އާންމުވެފައިވާއިރު މިފަދަ ކަންކަމާ ދެކޮޅަށް ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު ނާޅާތީ ގިނަ ބަޔެެއްގެ ފާޑުކިޔުން ވަނީ ފުލުހުންނާއި ކަމާބެހޭ ފަރާތްތަކަށް އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު