ސްޓެލްކޯއިން ވިލިމާލޭގައި ހިންގާނެ ކަމަށް ބުނެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ބޮޑު އަދަދެއް ކަނޑައަޅާފައި ވަނީ ވިލިމާލޭގެ ރައްޔިތުންނަށް ކަމަށް ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯއިން ވިލިމާލޭގައި ހައުސިން މަޝްރޫއެއް ފަށަން ނިންމާފައިވާކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ރޭ ވަނީ އިއުލާން ކުރަށްވާފައެވެ.
ވިލިމާލޭ ދާއިރާގެ ކައުންސިލްގެ މެމްބަރު ނަހުލާ ވިދާޅުވީ ސްޓެލްކޯއިން ވިލިމާލޭގައި ހިންގުމަށް އިއުލާންކުރި ބޯހިޔާވަހިކަމުގެ މަޝްރޫއުގައި 500 ހައުސިން ޔުނިޓް އަޅާނެ ކަމަށެވެ. އެ މަޝްރޫއަކީ ކައުންސިލްގެ ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވާ 500 ހައުސިން ޔުނިޓްގެ މަޝްރޫއު ކަމަށާއި އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރުމަށް ކައުންސިލްގެ ފަރާތުން އަދި ވިލިމާލޭ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން އޭނާ އާއި ކައުންސިލްގެ ކޮންސަލްޓެންޓަކު އެކި ފަހަރު މަތިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ އެ މަޝްރޫއު މިހާރު އޮތީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާގައި ކަމަށެވެ. އޭނާ ވިދާޅުވީ 500 ފްލެޓްގެ ތެރެއިން ބޮޑު ބައެއް ހާއްސަކުރާނީ ވިލިމާލޭ ރައްޔިތުންނަށް ކަމަށެވެ.
ނަހުލާ ވިދާޅުވީ ވިލިމާލޭގައި ކުދިކުދި ތަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ އުއްމީދަކީ ގެދޮރުގެ ދަތިކަމަށް ހައްލެއް ލިބުން ކަމަށެވެ. އެ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއި ކައުންސިލަށް ވެސް އެއްބާރުލުން ދޭނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.

Villimale ge 500 Housing Unit akee Villimale rayyithunnah bodu baeh khaassa kurevifaiva flat thakeh.
— Nahula Ali (@nahu_ali) July 24, 2022
Project hingumah STELCO aa eku ebbas vumugai soi kurumuge marhalaaga oiy City Council ge mi project mashroou in Villimale Boahiyavahi kamuge dhathi kamah hallu libigen dhaane. https://t.co/YJZ5rA2Qqn
ނަހުލާ ވިދާޅުވީ އެ މަޝްރޫއު މިހާރު އޮތީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާގައި ކަމަށެވެ. އޭނާ ވިދާޅުވީ 500 ފްލެޓްގެ ތެރެއިން ބޮޑު ބައެއް ހާއްސަކުރާނީ ވިލިމާލޭ ރައްޔިތުންނަށް ކަމަށެވެ.
ނަހުލާ ވިދާޅުވީ ވިލިމާލޭގައި ކުދިކުދި ތަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ އުއްމީދަކީ ގެދޮރުގެ ދަތިކަމަށް ހައްލެއް ލިބުން ކަމަށެވެ. އެ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއި ކައުންސިލަށް ވެސް އެއްބާރުލުން ދޭނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު