ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ބަންދުކުރި މައްސަލައިގައި ހުށަހެޅި އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފިއެވެ.
މިދިޔަމަހުގެ 21 ވަނަ ދުވަހު ހިނގި އެ ހަމަނުޖެހުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ މުގައްރިރު އަދި ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރުކުރީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
އޭނާގެ ބަންދަށް މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ފަހަރު ކޯޓުން ދީފައިވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެކެވެ. އަދި އެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަމަހުގެ 28 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ އިތުރު 9 ދުވަސް ދީފައެވެ. އަދި އެ މުއްދަތު ހަމަވެގެން ކޯޓަށް ގެންދިއުމުން މިމަހުގެ 7 ވަނަ ދުވަހު ވަނީ އިތުރު 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
ބަންދުގެ މުއްދަތު އިތުރުކުރަމުންދާތީ އޭނާގެ ފަރާތުން ވަނީ ހައިކޯޓަށް އިސްތިނާފް މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފްކުރަން އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ. ނަމަވެސް އެގޮތަށް ކޯޓުން ނިންމި ސަބަބެއް ސާފެއް ނުވެއެވެ.
ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރިނަމަވެސް އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު