ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތުގެ 98 އިންސައްތަ މަސައްކަތް ފުރިހަމަކޮށްފިއެވެ.

މިމަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫޢުއެކެވެ.

އެމްޓީސީސީން ބުނީ މިމަޝްރޫޢުގެ ދަށުން ކުރިއަށްދާ ރިވެޓްމެންޓް ޖެހުމުގެ 83 އިންސައްތަ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 3.48 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 255 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެެެވެ. 2021 ވަނަ އަހަރު އެމްޓީީސީސީ އާއި ހަވާލުކުރެވުނު މިމަޝްރޫޢަކީ 18.25 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.



ކިޔުންތެރިންގެ ހިޔާލު