މި ސަރުކާރު ގެންނަން ވޯޓު ދިން އެއް ސަބަބަކީ ވާނުވާ ޖަހާފައި ބަންދުގައި މީހުން ބޭތިއްބުން ނިމުމަކަށް ގެނައުން ކަމަށް ދިނީ އިލްމުވެރިޔާ ޑރ. އިޔާޒު ވިދާޅުވެއްޖެއެވެ.
ޔޯގާ ދުވަހު ހިނގި ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށްފަހު ބަންދުން ދޫކޮށްލާފައިވާ ދީނީ އިލްމުވެރިޔާ ޝެއިޚް ފަޟްލޫން މިރޭ ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމާ ގުޅިގެން އިޔާޒު މިއަދު ވިދާޅުވީ، އެތައް ދުވަހެއް ވަންދެން ތަހުގީގަށޭ ކިޔާފައި ހައްޔަރުގައި ބެހެއްޓިއިރު ތަހުގީގު ނުކޮށް، ތަހުގީގު ފަށަނީ ބަންދުގައި ހުރި މީހާ މިނިވަން ވީމާތޯ ސިވާލު ކުރަށްވާފައެވެ.
ޑރ. އިޔާޒު ވަނީ އެގޮތަށް ވާނުވާ ޖަހާފައި ބަންދުގައި ބޭތިއްބުން ހުއްޓާލުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދަށް ގޮވާލައްވާފައެވެ. އިޔާޒު ވިދާޅުވީ، މި ސަރުކާރު ގެންނަން ވޯޓު ދިން އެއް ސަބަބަކީ ވާނުވާ ޖެހުން ހުއްޓުވުން ކަމަށެވެ.
ޝެއިހް ފަޟުލޫން އިއްޔެވެސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާންނަގާފައެވެ. އަދި މިރޭ ފުލުހަށް ހާޒިރުކުރަނީ އިތުރަށް ސުވާލު ކުރުމަށާއި ތަހުގީގު ބަޔާނުގައި ސޮއި ކުރުމަށެވެ. ފުލުހުން މިހާރު ވަނީ އެ އަމުރު ފަޟުލޫންގެ ވަކީލާ ހަވާލުކޮށްފައެވެ.
ޝައިހް ފަޟުލޫން ކޯޓުން ދޫކޮށްލީ ޝަރުތުތަކެއް ކޮށްފައެވެ. އޭގެތެރޭގައި މާލެއިން ބޭރަށް ދާނަމަ އެންގުމަށާއި ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެންގުމަށާއި އަދި އޭނާ އުޅޭ އެޑްރެސް އެންގުމަށާއި އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަންވެސް އެންގުމަށް ޝަރުތުކޮށްފައިވެއެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށްވެސް ކޯޓުން ވަނީ އޭނާއަށް އަންގާފައެވެ.

އެތައްދުވަހެއްވަންދެން ތަޙްޤީގަށޭ ކިޔާފައި ކޯޓުގައި ދޮގުހަދައިގެން ހައްޔަރުގައި ގެންގުޅުނުއިރު ނުކުރާ ތަޙްޤީޤު މިނިވަންވީމަ މިފަށަނީ. @M_Hameedh މިކަން އިޞްލާޙު ކުރައްވާ. މިސަރުކާރު ގެންނަން ވޯޓުދިން އެއްސަބަބަކީ "ވާނުވާ ޖެހުން" ހުއްޓުވުން. https://t.co/JO7klDg0YO
— Dr.Mohamed Iyaz (@dr_iyaz) July 24, 2022
ޝެއިހް ފަޟުލޫން އިއްޔެވެސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާންނަގާފައެވެ. އަދި މިރޭ ފުލުހަށް ހާޒިރުކުރަނީ އިތުރަށް ސުވާލު ކުރުމަށާއި ތަހުގީގު ބަޔާނުގައި ސޮއި ކުރުމަށެވެ. ފުލުހުން މިހާރު ވަނީ އެ އަމުރު ފަޟުލޫންގެ ވަކީލާ ހަވާލުކޮށްފައެވެ.
ޝައިހް ފަޟުލޫން ކޯޓުން ދޫކޮށްލީ ޝަރުތުތަކެއް ކޮށްފައެވެ. އޭގެތެރޭގައި މާލެއިން ބޭރަށް ދާނަމަ އެންގުމަށާއި ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެންގުމަށާއި އަދި އޭނާ އުޅޭ އެޑްރެސް އެންގުމަށާއި އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަންވެސް އެންގުމަށް ޝަރުތުކޮށްފައިވެއެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށްވެސް ކޯޓުން ވަނީ އޭނާއަށް އަންގާފައެވެ.
ކިޔުންތެރިންގެ ހިޔާލު