ހިޖުރީ އާ އަހަރާ ގުޅިގެން އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތައް ބަންދުވާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ސަރުކާރުގެ އެންމެ ބޮޑު އަދި މައި ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 1444 ވަނަ ހިޖްރީ އާ އަހަރާ ގުޅިގެން މުހައްރަމް 1 ވާ ހޮނިހިރު ދުވަހު ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އާއި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ބަންދުވާނެ ކަމަށެވެ. ނަމަވެސް އައިޕީޑީ އަދި އިމަޖެންސީ ހިދުމަތްތައް ދެމުންދާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން އާންމު އުސޫލުން ޓްރޯމާ އެންޑް އިމަޖެންސީގެ ހިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މިފަހަކަށް އައިސް ސަރުކާރު ބަންދު ދުވަސްތައް ގިނަވެ އާންމު ޚިދުމަތްތަކަށް ބުރޫ އަރަމުންދާކަން ގިނަ ބައަކު އަންނަނީ ފާހަގަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު