ރައްޔިތުންގެ މަޖިލީހުން އިންތިޒާމު ކޮށްގެން ކުރެހުމުގެ މުބާރާތަކާއި މަޒުމޫނު ލިޔުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
މަޖިލީހުގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި، މި މުބާރާތްތަކަކީ ދުނިޔޭގެ ޑިމޮކްރަސީ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދަން ނިންމާފައިވާ މުބާރާތްތަކެކެވެ. އަދި މި މުބާރާތްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ 14:00 ގެ ކުރިން ކުރެހުން ނުވަތަ މަޒުމޫނު މަޖިލީހުގެ އިދާރާއަށް ފޮނުވުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެދިފައެވެ.
ފައިސާގެ އިނާމު ދޭ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތްތަކުން، މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާ، ދެވަނައަށް 4000ރ. އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް 3000ރ. އިނާމުގެ ގޮތުގައި ލިބޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
މި ދެ މުބާރާތް ވެސް ބާއްވަން ހަމަޖެހިފައިވަނީ އުމުރުފުރާ ތަކަކަށް ބަހާލައިގެނެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތަކަކީ، 14 އަހަރުން ދަށް، 14 އަހަރާ 18 އަހަރާ ދެމެދު، 35 އަހަރާ 18 އަހަރާ ދެމެދު އަދި 35 އަހަރުން މަތީގެ އުމުރުފުރައެވެ.
މިއިން ކޮންމެ އުމުރުފުރާއަކުން ވެސް ވަނަތައް ހޮވަން ވަނީ ހަމަޖެހިފައެވެ. އެގޮތުން، އުމުފުރާ ތަކުން އެއްވަނަ އަށް ދާ މީހަކަށް 2،000ރ. ދެވަނަ އަށް 1،500ރ. އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް 1،000ރ. ދޭން ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދެއްގެ ގޮތުގައި އެ އިދާރާއިން ބުނީ، ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ މަސައްކަތްތަކަށް ހޭލުންތެރިކުރުވުމާއި އަދި ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތަކަށް ހޭލުންތެރިކުރުވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު