މަންކީ ޕޮކްސް ނުވަތަ މަކުނު ވިދުރު ފެތުރެމުންދާ މިންވަރު އިތުރުވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ދުނިޔޭގައި ޕަބްލިކް ހެލްތު އެމެޖެންސީ، (އާންމު ސިއްހަތުގެ ކުއްލި ނުރައްކާ) އިއުލާންކޮށްފިއެވެ.

މަކުނު ވިދުރި ފެތުރޭތީ ޑަބްލިޔުއެޗްއޯއިން ނެރުނު އެމެޖެންސީ އެލާޓަކީ އެފަދަ އެންމެ މަތީ އެލާޓެވެ. މި އެލާޓް ނެރުނުކަން އިއުލާންކުރެއްވީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް ގެބްރެޔެސުސްއެވެ.

ހަބަރުތައް ބުނާގޮތުން މަކުނު ވިދުރިއާ ގުޅޭގޮތުން ނެރޭނެ އެލާޓެއް ނިންމުމަށްޓަކައި ޑަބްލިޔުއެޗްއޯއަށް ލަފާދޭ ކޮމިޓީގެ ބޭފުޅުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފައެވެ.

މަކުނު ވިދުރުއާ ގުޅޭގޮތުން ސިއްހީ ކުއްލި ނުރައްކާ އިއުލާން ކުރުމަށް ޑަބްލިއުއެޗްއޯގެ ކޮމިޓީގެ 6 މެމްބަރުން ތާއީދު ކުރެއްވި އިރު، 9 މެމްބަރަކު އެކަމާއި ދެކޮޅެވެ. ކޮމިޓީން ކޮންމެ ގޮތަކަށް ނިންމެވިނަމަވެސް މިކަމުގައި އެންމެ ފަހު ބަސް ބުނުމުގެ ބާރު އޮންނަނީ އެޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް ގެބްރެޔެސުސްއަށެވެ. އަދި މިއީ ޓެކްނިކަލް ކޮމިޓީގެ މެޖޯރިޓީ ލަފަޔާއި ދެކޮޅަށް އޭނާ މިފަހުން ކަމެެއް ނިންމި ފުރަތަމަ ފަހަރުވެސް މެއެވެ. ޓެޑްރޯސްގެ މި ނިންމެވުމަށް ސިއްހީ ތަޖުރިބާކާރުން ގެންދަވަނީ ތައުރީފްކުރައްވަމުންނެވެ.

ހަބަރުތައް ބުނާގޮތުން މިއަހަރުގެ މިހާތަނަށް 75 ގައުމަކުން މަންކީ ޕޮކްސްގެ 16000 ކޭސް ވަނީ ފެނިފައެވެ. އަދި އެ ބަލި ޖެހޭ މީހުންގެ ނިސްބަތްވެސް އިތުރުވަމުންދާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ބައްޔާބެހޭ ޑަބްލިޔޫ އެޗް އޯގެ ތަޖުރިބާކާރު ވިދާޅުވެފައި ވަނީ ބަލިޖެނިފައިވާ އެފްރިކާ ނޫން ގައުމުތަކުގައި ބަލިޖެހިފައިވާ މީހުންގެ ނިސްބަތަށް ބަލާއިރު 99 އިންސައްތަ އަކީ ފިރިހެނުންނެވެ. އޭގެތެއިން 98 އިންސައްތަ އަކީ އެއްޖިންސުން ގުޅުން ހިންގާފައިވާ މީހުން ނެވެ.



ކިޔުންތެރިންގެ ހިޔާލު