ރ. އަތޮޅު ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެ ރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް ގާނޫނާއި ގަވާއިދާއި ހިލާފަށް އެތައް ލައްކަ ރުފިޔާއެއް ޖަމާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ގާނޫނާއި ގަވާއިދާއި ހިލާފަށް އެތައް ލައްކަ ރުފިޔާއެއް ޖަމާކުރިކަން ހަމަވެފައި ވަނީ ލޯކަލް ގަވރމަންޓް އެތޯރިޓި، އެލްޖީއޭއިން ތައްޔާރުކޮށް، އާއްމު ކުރި ރިޕޯޓެއްގައެވެ.
މިރިޕޯޓްގައި އެލްޖީއޭއިން ބުނީ މެމްބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި ނަގުދު ފައިސާއިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށްވެސް ބަހާފައިވާ ކަމަށެވެ.
އެލްޖީއޭއިން ބުނީ އެއްވެސް ލިޔެކިޔުމެއް ނެތި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ކައުންސިލާއި ޑަބްލިއުޑީސީ އަދި ކައުންސިލްގެ ބައެއް މެމްބަރުންނަށް ދީފައިވާކަމަށެވެ.
އެލްޖީއޭގެ ރިޕޯޓްގައިވާ ގޮތުން ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އެކައުންޓަށް 711،617 ރުފިޔާ ވަނީ ޖަމާކޮށްފައެވެ. ކައުންސިލް މެމްބަރު މުހައްމަދު ޝާމަށް 447،837 ރުފިޔާ، ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދަށް 252،048 ރުފިޔާ އަދި ކައުންސިލް މެމްބަރު މުހައްމަދު ޒުހުދާ އާދަމަށް 181،666ރ. އާއި ކައުންސިލް މެމްބަރު މުހައްމަދު ނާސިހަށް ވެސް 165،200ރ. ޖަމާވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.
މީގެއިތުރުން ކައުންސިލް މެމްބަރު އަހުމަދު ސަމޫހް އާއި އައިމިނަތު ސަލާހަށްވެސް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށާއި ބައެއް ކޮންޓްރެކްޓް މުވައްޒަފުންނާއި ސަޕޯޓް ސްޓާފް އަދި އެހެން މީހުންނަށްވެސް ތަފުސީލެއް ނެތި ފައިސާ ޖަމާކޮށްފައިވާކަމަށް އެލްޖީއޭގެ ރިޕޯޓްގައިވެއެވެ.
ކައުންސިލުން ގަވާއިދާއި ހިލާފަށް ކުރާ ކަންކަން އިސްލާހުކުރަން މިރިޕޯޓްގައި ލަފާދީފައިވާއިރު، ގާނޫނަށް ހިލާފަށް ޖަމާކުރި ފައިސާގެ މައްސަލައިގައި އަމަލުކުރާނެ ގޮތެއް އެލްޖީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު