އަހުމަދު މަސްނޫމް   23 ޖުލައި 2022 - 19:14
މިއަދު ބޭއްވި އައްޑޫ ސިޓީ ހިތަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަނުންވެސް އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިއްޖެއެވެ.

މިއަދު ބޭއްވި އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި ވާދަކުރީ އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު ޝާހިދާ އާއި ޕީޕީއެމްގެ ކެންޑިޑޭޓް ނަޒީހާއެވެ.

މި އިންޔިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަށް 567 ވޯޓް ލިބިފައިވާއިރު އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 426 ވޯޓެވެ.

12 ހާހަށްވުރެ ގިނަ މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ މި އިންތިހާބުގައި ވޯޓް ލާފައިވަނީ 1007 މީހުންނެވެ.

ހިތަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަނުން އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނުއިރު މިއަދު ބޭއްވި ތ. ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަން އެމްޑީޕީއަށް ގެއްލުނީ އެމްއެންޕީއާ ވާދަކޮށްގެންނެވެ.

މިއިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކޮށް ގޮނޑި ކާމިޔާބުކުރެއްވީ ޚަދީޖާ މުޙައްމަދެވެ.



ކިޔުންތެރިންގެ ހިޔާލު