ތ. ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަން އެމްއެންޕީން ކާމިޔާބުކޮށްފިއެވެ.

މިއިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކޮށް ގޮނޑި ކާމިޔާބުކުރެއްވީ ޚަދީޖާ މުޙައްމަދެވެ. މި އިންޔިހާބުގައި އެމްއެންޕީން ވާދަކޮށްފައިވަނީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓަކާއެވެ.

އެމްޑީޕީގެ މައްޗަށް އެމްއެންޕީން ހޯދި މި ކާމިޔާބީ އެ ޕާޓީގެ ލީޑަރޝިޕުން އަންނަނީ ފާހަގަކުރަމުންނެވެ.



ރާއްޖޭގައި އެންމެފަހުން އުފެދުނު ސިޔާސީ ޕާޓީއަކަށް އެމްއެންޕީ ވީނަމަވެސް މިފަހުން ބޭއްވި އިންތިހާބުތަކުގައި އެ ޕާޓީން ރަނގަޅު ނަތީޖާތަކެެއް ނެރެ ބައެއް ގޮނޑިތައް ވަނީ ކާމިޔާބުކޮށްފައެވެ.

އެމްއެންޕގެ ލީޑަރޝިޕުން އަންނަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްވެސް ކެނޑިޑޭޓެއް ނެރުމަށް މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު