ލަންކާގައި ކުރިއަށްދާ މުޒާހަރާތައް، ބާރުގެ ބޭނުން ކޮށްގެން އަނިޔާވެރިކަމާއެކު ރޫޅާލުމާއި ގުޅިގެން ލަންކާގައި ތިބޭ ބޭރުގެ ސަފީރުން ނެރޭ ބަޔާންތަކާމެދު ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރަނިލް މި ކަންބޮޑުވުންތަައް ފާޅުކުރަށްވާފައި ވަނީ ބޭރުގެ ސަފީރުންނާއެކު ރަނިލްގެ އޮފީސްކޮޅުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައިކަމަށް ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރެއެވެ.
މި ބައްދަލުވުމުގައި ރަނިލް ވަނީ ލަންކާގެ ސަލާމަތީ ބާރުތަކުން މުޒާހަރާ ކުރާ މީހުން ބައެއް ސަރަހައްދުތަކުން ދުރަށް ޖެއްސުމަށް ކުރާ މަސައްކަތްތައް އޮޅުންފިލުވާ ދެއްވާފައެވެ. އަދި ލަންކާގައި ހިންގަމުންދާ ކަންކަމާއި ގުޅޭގޮތުން ބޭރުގެ ސަފީރުން ބަޔާންތައް ނެރޭއިރު ކަމާއިބެހޭ ފަރާތްތަކުން މައުލޫމާތު އޮޅުންފިލުވަން ރަނިލް އެދިވަޑައިގަތްކަމަށް ލަންކާގެ ނޫސްތަކުން ބުނެއެވެ.
މި ބައްދަލުވުމުގައި އީޔޫގެ ސަފީރުން މުޒާހަރާ ކުރާ މީހުންގެ ދިފާއުގައި ވާހަކަދައްކަވާތީ ރަނިލް ވަނީ މުޒާހަރާ ކުރާ މީހުންނަށް ރައީސްގެ އޮފީސް ހިިސޯރުކުރެއްވޭނެތޯ އައްސަވާފައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި ސޯޝަލް މީޑިއާއިން ލިބޭ މައުލުމާތުތަކަށް ބަލައިގެން އެކަނި ބަޔާންތައް ނުނެރެއްވުމަށްވެސް ރަނިލް ވަނީ އެދިވަޑައިގެންފައެވެ.
ލަންކާގައި މުޒާހަރާ ކުރާ މީހުންނާއި ދެކޮޅަށް ބާރުގެ ބޭނުންކޮށް ސިފައިންނާއި ފުލުހުން އަންނަނީ މުޒާހަރާތައް ރޫޅާލަމުންނެވެ. އެކަމާއި ގުޅިގެން ހުޅަނގުގެ ބައެއް ފަރާތްތަކުން އަންނަނީ ލަންކާގެ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
ލަންކާގައި އައު ސަރުކާރެއް ގާއިމްކޮށްފައި ވީނަމަވެސް އެ ގައުމަށް އަދިވެސް ހަަމަޖެހުމެއް ނުލިބެއެވެ. މުޒާހާރާ ކުރާ މީހުން މިހާރު އަންނަނީ ރަނިލް މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު